ދުނިޔޭގެ އެންމެ ބޮޑު އެއަރޕޯޓު މިއުޒިއަމް ހުންނަނީ ތުރުކީގެ ވެރިރަށް އިސްތާންބުލްގައެވެ.
ފަސްއަހަރު ދުވަސްކުރިން ހުޅުވުނު އިސްތާންބުލް އެއަރޕޯޓަކީ ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއަރޕޯޓުކަމަށް ވީއިރު، ތުރުކީގެ ދުވަސްވީ ތާރީޚު ދައްކުވައިދޭ 316 އާޓިފެކްޓް އެއަރޕޯޓުގެ މި ދާރުލްއާސާރުގައި ހުރެއެވެ.
17 ޖުލައި 2020 ގައި ހުޅުވުނު 10،750 އަކަފޫޓުގެ މި ދާރުލް އާސާރުގައި ތުރުކީއާއި، އޮޓޮމަނުންނާއި، ސެލްޖުކާއި، ބިޒަންޓީނުންނާއި، ރޯމަނުންނާއި، ލިޑިއަނުންނާއި، ހިޓީޓުންގެ އިތުރުން ޕްރީހިސްޓޯރިކް އާޓިފެކްޓުތައް ބަލޤލެވެން ހުރެއެވެ. މިއީ ތުރުކީގައި ހުންނަ މިފަދަ ހަމައެކަނި ދާރުލް އާސާރެވެ. އަދި ދުނިޔޭގައި ހުންނަ މިފަދަ މަދު ދާރުލް އާސާރުތަކުގެ ތެރެއިން އެއް ތަނެވެ.
13 ޕައުންޑް ނުވަތަ 14.50 އެމެރިކާ ޑޮލަރުގެ ޓިކެޓެއް ބޭނުންވާ އިސްތާންބުލް އެއަރޕޯޓު މިއުޒިއަމްގައި ހުންނަ އެންމެ ފާހަގަކޮށްލެވޭ އެގްޒިބިޓަކީ “ޓްރެޱަރސް އޮފް ތުރްކިޔޭ: ފޭސަސް އޮފް ދަ ތްރޯން” އެވެ. އަދި މި ދާރުލް އާސާރު ހުންނަނީ އިންޓަރނޭޝްނަލް ޑިޕާޗާރސް ފްލޯރގެ ޑިއުޓީ ފްރީ ފިހާރަ ތަކުގެ ފުރަގަހުގައެވެ.
މިއީ އެއަރޕޯޓުން ނުނިކުމެ ތުރުކީގެ ތަަރީހު ބަލާލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.