އިންޑިއާއިން ހިފެހެއްޓި ބޯޓަކީ ނިއުކަލިއަރ ކާގޯ ހިފައިގެން ދިޔަ ބޯޓެއް ނޫންކަމަށް ބުނެ ޕާކިސްތާނުން އެކަން ދޮގުކޮށްފި

Loading

Facebook
Twitter
WhatsApp

ނިއުކްލިއަރ ކާގޯ ހިފައިގެން ކަރާޗީއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ހިފަހައްޓާފައިވާކަން އިންޑިއާއިން ހާމަކުރުމާއި ގުޅިގެން، އެބޯޓަކީ “ކޮމާޝަލް” މުދާ ހިފައިގެން ދިޔަ ބޯޓެއްކަމަށާއި، ނިއުކްލިއަރ ޕްރޮގްރާމަކަށްޓަކައި މެޝިންތަކެއް އުފުލި ބޯޓެއް ނޫންކަމަށް ޕާކިސްތާނުން ބުނެފިއެވެ.

އިންޑިއާއިން ކުރި ތުހުމަތުތައއ ދޮގުކޮށް ޕާކިސްތާނުގެ ފޮރިން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައަކީ “ހަގީގަތް އޮޅުވަަލައިގެން” އުފައްދާފައިވާ މައްސަލައެއް ކަމަަށެވެ.

“ކޮމާޝަލް ބޭނުމަށް އުފުލާ މުދާ ހިފަހައްޓައި އިންޑިއާއިން ހިންގި މިއަމަލު ޕާކިސްތާނުން ކުއްވެރިކުރަން. ބައިނަލްއާޤްވާމީ ފްރީ ޓްރޭޑްގެ މަސައްކަތަށް އިންޑިއާއިން ހުރަސްއެޅުމުން އެބަޔަކަށް ގަަނޫނުން ލިބިދޭ ހައިޘިއްޔަތާއި މެދު ޝައްކުއުފެދޭ މުއައްސަސާތަކާއި ސަލާމަތީ މަސައްކަތް ހަވާލުކުރުމުގެ ނުރައްކާތެރިކަން މިވަނީ ހާމަވެފައި.” ޕާކިސްތާނުގެ ޚަރިޖީ ވުޒާރާއިން ލިޔެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް