އިޒްރޭލަކީ ޔަހޫދީ ގައުމެއް ނޫންކަމަށާއި، އެއީ ޤާތިލުންނާއި ގަތުލުއާންމު ހިންގާ ޒަޔަނިސްޓުންގެ ގައުނެއް ކަމަށް ޔަހޫދީން ބުނެފިއެވެ.
އެކްސްގައި “ތޯރާހްޖުޑައިޒަމް” ގެ ނަމުން ހިންގާ އެކައުންޓުގައި ޔަހޫދީން ޝައިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ގަތުލުއާންމެއް ހިންގާތާ 75 އަހަރު ވެފައިވާކަމަށެވެ.
“އެންމެ މާތް ބިމުގައު ޒަޔަނިޒަމް އާލާވެ އާންމުވުމަަށްފަހު މިއަދާއި ހަމައަށްވެސް އެބިމުގައި އޮންނަ ޔަހޫދީ މުޖުތަމައު އަންނަނީ ޒަޔަނިޒަމްގެ ވަކިތަކާއި ހަލާކުކުރަނިވި ފިކުރާއި ހަނގުރާމަ ކުރަމުން.” ޔަހޫދީން ބުނެފައިވެއެވެ.
މީގެއިތުރުން، ޒަޔަނިޒަމްއާއި ދެކޮޅު އެތައް ހާސް ޔަހޫދީންނެއް ދުނިޔޭގައި އެބަ ތިބި ކަމަށާއި، ހުރިހާ ޔަހޫދީންނަކީ ޒަޔަނިސްޓުން އަދި ޔަހޫދީ ދީނަކީ ޒަޔަނިޒަމް އެއްވެސް ނޫންކަމަށް ތޯރާހްޖުޑައިޒަމްއިން ވަނީ ބުނެފައެވެ.
އެގޮތުން، އިޒްރޭލަކީ ޔަހޫދީންގެ ގައުމު ނޫންކަމަށާއި، އެއީ ފެށުނިއްސުރުވެސް ޓެރަރިސްޓް އަދި ގަތުލުއާންމު ހިންގާ ގައުމެއްކަމަށް ބުނެ ތޯރާހްޖުޑައިޒަމްއިން ބުނެފައިވަނީ ގިނަ ޔަހޫދީން ތިބީ ފަލަސްތީނާއި އެކުގައި ކަމަށެވެ. އަދި މިނިވަން ފަލަސްތީނެއްގެ ހުވަފެން ދެކޭކަމަށާއި، ވަކި ގައުމެއްގެ ގޮތުގައި ފަލަސްތީނު އޮންނާނެ ދުވަހަކަށް އުންމީދު ކުރާކަމަށްވެސް ޔަހޫދީން ބުނެފައިވެއެވެ.
ތޯރާހްޖުޑައިޒަމްއަކީ ޒަޔަނިޒަމާއި ދެކޮޅަށް މަސައްކަތްކުރާ ޔަހޫދީން ބައިވެެރިވާ ޖަމިއްޔާއެކެވެ.
One Response
yahoodhee vabaain
salaamaiy vevey tho…….
dhuaa ey kuran vee……
dhuaa ey kuran vee….
e Aniyaa verin dhey….
hamala thakuge hoonun……
An’dhaigen dhani ekugaa…..
falastheenu bin thah……
e mausoomu lhadharin…..
gislaa romun dhaathan…….
feney hey lolah adhu……
nufeneyey yageeney……..
***********************
falastheena eku vamey…..
mi hiy Adhu rovenee gislaa…..