މަގާމުގެ ގޮތުން ހެދުން އަޅަންޖެހޭ ރަސްމީ އުސޫލު ސައުދީއިން އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

ސައުދީ އަރަބިއާގެ ފިރިހެނުން އެ މީހުން ތިބޭ މަގާމުގެ ގޮތުން ރަސްމީ ބައްދަލުވުންތަކާއި ވަޒީފާއަށްދާއިރު ހެދުން އަޅަންޖެހޭ ގޮތުގެ ރަސްމީ އުސޫލެއް އެކުލަވާލައި އާންމުކޮށްފިއެވެ. 

މިގޮތުން، ސައުދީ އަރަބިއާގައި ފިރިހެނުންނަށް ޚާއްސަ ސަގާފީ ހެދުމެއް ކަމަށްވާ ބިޝްތް، ބޭނުންކުރަން ޖެހޭ ބައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އަމީރުންނާއި، ޑެޕިއުޓީ އަމީރުންނާއި، ގަވަރްނަރުންންނާއި، ވަޒީރުންނާއި، ނައިބު ވަޒީރުންނާއި، މިނިވަން ޑިޕާޓްމަންޓްތަކުގެ ވެރީންނާއި، ވެރީންގެ ނައިބުންގެ އިތުރުން ޓައުން ސެންޓަރުތަކުގެ ވެރީންނެވެ.

މި ފަރާތްތަކުން ވަޒީފާއަދާކުރާ ތަނަށް ވަންނައިރު އަދި ނުކުންނައިރު ބިޝްތް އަޅަން ޖެހޭއިރު، ރަސްމީ ބައްދަލުވުންތަކަށް ހާޟިރުވާއިރު ވެސް ހެދުން އަޅަންޖެހެނީ ހަމަ އެގޮތަށެވެ. 

މީގެ އިތުރުން، ޝޫރާ ކައުންސިލްގެ މެންބަރުންވެސް ކައުންސިލް ބައްދަލުވުންތަކުގައި ބިޝްތް އެޅުން މަޖުބޫރުވާއިރު، ޣާޒީންނާއި، ޕަބްލިކް ޕްެރޮސެކިއުޝަންގެ ޕްރޮސެކިއުޓަރުންނާއި، ނަޒާހާގެ ޕްރޮސެކިއުޝަން ޔުނިޓުގެ އެންމެހައި މުވައްޒަފުންގެ އިތުރުން، ވަކީލުންވެސް ކޯޓުގައި ވަކާލާތު ކުރާއިރު ބިޝްތް އަޅަން ވަނީ އަންގާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް