ފަލަސްތީނު ދިދައާއެކު ގެފުޅު ކައިރީގައި ފޮޓޯ ނަގަން އުޅުމުން ހުއްޓުވައިފި

Loading

Facebook
Twitter
WhatsApp

ފަލަސްތީނު ދިދައާއެކު މައްކާގައި ހުންނަ ގެފުޅު ކައިރީގައި ފޮޓޯ ނެގުމަށް މަސައްކަތް ކުރި އަންހެން ބަޔަކު ހުއްޓުވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމު ވެއްޖެއެވެ. 

އެ އަންހެނުންގެ އަތުގައި އޮތް ފަލަސްތީނު ދިދަ އަތުލައި، އެއީ މަނާކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ފަލަސްތީނު ދިދައާއެކު ފޮޓޯ ނެގުމަށް މަސައްކަތް ކޮށްފައިވަނީ އާއިލާއާއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްތިބި ދެ އަންހެނުންނެވެ. 

ފާޅުގައި އެކަމަށް އިންކާރުކުރިނަމަވެސް، އިޒްރޭލާއެކު ގުޅުން ބޭއްވުމަކީ މުސްލިމް ގައުމުތަކުން ގިނަގިނައިން ކޮށް އުޅޭކަމެއް ކަމަށް ހަދަން މަސައްކަތްކުރާ ކަމަށް ސައުދީ އަރަބިއާގެ މައްޗަށް މީގެ ކުރިން ވަނީ ތުހުމަތު ކުރެވިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް