ސީރިއާގެ ބިން ދިފާއުކުރުމަށް އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ދިމިސްޤު އޮތީ ތައްޔާރަށްކަމަށް ސީރިއާގެ ޚާރިޖީ ވަޒީރު ފައިސަލް މިޤްދާދު ބުނެފިއެވެ.
ސަރަހައްދީ ހަމަނުޖެހުމުގެ ތެރޭގައި އިރާނުގެ ޚަރިޖީ ވަޒީރު ހުސައިން އާމިރް އަބްދުއްލާހައިން އާއި ބައްދަލުކޮށް ދެއްކި ވާހަކައިގެ ތެރޭގައި ދެގައުމުންވެސް ފަލަސްތީނުގެ ފަހަތުގައި އިޒްރޭލާއި ދެކޮޅަށް ތިބިކަން ފާހަގަ ކޮށްފައިވެއެވެ.
އެގޮތުން، މިޤްދާދު ބުނީ 1948 ވަނަ އަހަރުއްސުރެ ސީރިއާއިން އިޒްރޭލާއި ކުރިމަތިލަމުން އަންނަ ކަމަށާއި، އަރަބި ގައުމުތަކުގެ މެދުގައި އެކިވަރުގެ ގިނަ ހަނގުރާމަތަކެއް ފެށީ އެއިރުކަމުގައެވެ.
ފައިސަލް ބުނީ 1967 ވަނަ އަހަރުއްސުރެ އިޒްރޭލުން ވެރިވެގަނެގެން އުޅެ ސީރިއާގެ ގޯލަން ހައިޓްސް ޔަހޫދީންގެ އަތްދަށުން މިނިވަންކުރުމަކީ އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމެއް ކަމަށާއި، އެމެރިކާއާއި ތުރުކީގެ ސިފައިންވެސް އެގައުމުގައި ތިބީ ނޭއްގަަނީ ގޮތުގައި ކަމަށެވެ.
އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް މިމަހުގެ ތެރޭގައި ދިން ޑްރޯން ހަމަލާތަކާއި ގުޅިގެން އެމެރިކާއިން ވަނީ ސީރިއާއަށް ބޮމުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.