އިންޑިއާ ސަރުކާރުން އިސްލާމީ ސްކޫލަކާއި މިސްކިތެއް ސުންނާފަތި ކޮށްލުމުން ހަމަނުޖެހުން އުފެދިއްޖެ

Loading

Facebook
Twitter
WhatsApp

ހުއްދައާއި ނުލައި އަޅާފައިވާ ދެތަންކަމަށްބުނެ އިންޑިއާގެ އުއްތަރްކަންދްގައި ހުރި މިސްކިތަކާއި އިސްލާމިކް ސްކޫލެއް އެގައުމުގެ ސަރުކަަރުން ސުންނާފަތިކޮށްލުމާއެކު ހަމަނުޖެހުން އުފެދިއްޖެއެވެ. 

ބުރާސްފަތި ދުވަހު ތަޅާލި މަރިޔަމް މިސްކިތާއި އަބްދުލް ރައްޒާޤް ޒަކަރިއްޔާ ސްކޫލްގެ މައްސަލާގައި ނުރުހުންވެ އެތަނަށް އެއްވި މުސްލިމުންވަނީ، ފުލުހުންނާއި ދިމާލަށް ގައު އުކާފައެވެ. އަދި ފުލުހުން އެކަމަށް ރައްދު ދީފައިވަނީ އެއްވި ފަރާތްތަކާއި ދިމާލަށް ކަރުނަ ގޭސް ޖަހައިގެންނެވެ. 

ހަމަނުޖެހުންތަކުގައި ފަސް މީހަކު މަރުވެފައިވާއިރު، ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. މީގެއިތުރުން ކާފިއުއެއް އިއުލާނުކޮށް، އުއްތަރުކަންދްގެ އިންޓަނެޓް ހިދުމަތްވަނީ މެދުކަނޑާލާފައެވެ. 

މުޒާހަރާ ކުރާތަން ފެނިއްޖެނަމަ ވަގުތުން ބަޑިޖެހުމަށް އުއްތަރުކަންދުގެ ފުލުހުންނަށް އިރުޝަދުދެވިފައިވާއިރު، މުސްލިމުންނާއި ދިމާލަށް ހިންދޫން ފުރައްސާރައިގެ ބަސްތައް ގޮވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. 

ބޮޑުވަޒީރު ނަރެންދްރަ މޯދީ މީގެ 10 އަހަރުކުރިން ވެރިކަމާއި ހަވާލުވުމާއެކު މުސްލިމުންނާއި ދެކޮޅަށް ހިންދޫ ނޭޝަނަލިސްޓުން ކުރާ މަސައްކަތަށް ބާރު ލިބިގެން ގޮސްފައިވާއިރުު، މުސްލިމުންގެ އަޅުކަންކަުރާ ތަންތަނަށާއި، ތައުލީމީ ތަންތަނަށާއި، ހަށިގަނޑަށް އެކިވަރުގެ ގެއްލުން ދިނުމުގެ މަސައްކަތް އެފަރާތްތަކުން ގެންދަނީ ކުރަމުންނެވެ. 

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް