ބޭރުގެ 4 ގައުމެއް ހިމެނޭހެން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭރުގެ ހަތަރު ގައުމެއް ހިމެނޭހެން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެެވެ.

އީސީއިން ބުނީ ބައެއް ތަންތަނުގައި ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ތަންތަނުގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ އެ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އެ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ މީހުން ވޯޓުލުމަށްޓަކައި މާދަމާ ހަވީރު 04:00 ގެ ކުރިން ރީ ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.

ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ތައިލެންޑްގެ ބެންކޮކާއި އިނގިރޭސިވިލާތުގެ ލަންޑަނާއި އެކުވެރި ޢަރަބި ޢިމާރާތުގެ އަބޫ ދާބީގެ އިތުރުން ހުޅުލެއާއި 17 ރިސޯޓެއްގައެވެ.

ވޯޓުފޮށި ނުބަހައްޓަން ނިންމި ރިސޯޓުތައް:

1.ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް)
2.އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު (ރ. މާމުނަގައު)
3.ޖޯލި ބީންގް (ރ. ބޮޑުފުށި)
4.ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)
5.ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)
6.ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)
7.އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)
8.ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)
9.ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)
10.ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ)
11.އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެގެނލި (ކ.ހެލެގެނލި)
12.ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު)
13.ކޮންސްޓެންސް މޫފުށި (އދ. މޫފުށި)
14.ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި)
15.ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް( އދ. ދިއްދޫ ފިނޮޅު)
16.މިލައިދޫ އައިލެންޑް މޯލްޑިވްސް ( ބ.މިލައިދޫ )
17.ޑަބްލިޔު މޯލްޑިވްސް (އއ. ފެސްދޫ)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް