މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގައިިފި

Loading

February 14, 2024
profile
Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަޙްމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީއިން އަނބުރާ ގެންގޮސްފިއެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު މޫސާ ސިރާޖު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މިވަގުތު ކުރިޔަށް ގެންދަން ބޭނުންނުވާތީ އެކަން ރައްޔިތުންގެ މަޖިލީހަށް މިހާރު އަންގާފައިވާ ކަަމަަށެވެ.

ޖުމްލަ 23 މެންބަރުންގެ ސޮޔާއެކު މި މައްސަލަ މަޖިލީހަށް ހުށަހެޅީ ޖެނުއަރީ 28 ގައެވެ.

އެއީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމުމުން އެކަމާ ގުޅުވައިގެންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް