އެއްވެސް މީހަކު ޖަރީމާއެއް ހިންގާފައިވާނަމަ އެ މީހަކަށް އެކަމުގެ އަދަބު ލިބެންޖެހޭނެކަން, ހަމަ ގަބޫލު ކުރާ ކޮންމެ ދިވެހި ރައްޔިތަކުމެ ގަބޫލުކުރާނެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު އޭރު ހުންނެވީ ޕީޕީއެމްގައެވެ. އެހެންކަމުން ކުރީގެ ސަރުކާރުން ޝަރީޢަތްތަކަށް އަތްބާނާ ވާހަކަ އޭރު އެ ދެއްކެވީ ސިޔާސީ ގޮތުންނެވެ. ސިޔާސީ ވާހަކަތަކަކީ ޙަގީގީ ވާހަކަތަކެއްނޫނެވެ.
އަބަދުވެސް އިދިކޮޅުގައި އޮންނަ ޕާޓީއަކުން އޭރު އޮންނަ ސަރުކާރުގެ އަގުވައްޓާލަން މަސައްކަތް ކުރާނެއެވެ.
ރައްޔިތުންގެ ސިމްޕަތީ ހޯދުމަށްޓަކައި ކުރާ މިފަދަ ސިޔާސީ ކަންކަމަކީ ރައްޔިތުންނަށް ސާފުވާ ކަންކަމެއް ނޫނެވެ.
ރައީސް ޔާމީނަކީ މިނިވަން ކުރުމުގެ ވާހަކަ އޭރު ރައީސް މުޢިއްޒު ދެއްކެވީ ޕީޕީއެމްގެ މެންބަރުން ހިތްހަމަޖެއްސުމަށެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެެއިންގައި ނިމިދިޔަ ސަރުކާރުން ވެސް ރައްޔިތުންނަށް ބޮޑެތި އިތުރުފުޅު ހައްދަވާފައި އެބަހުއްޓެވެ. ވެރިކަން ލިބިވަޑައިގަތުމާއެކު ފުރަތަމަ ކުރައްވާނެ ކަންތައްތަކުގެ ތެރެއިން ނޫސްވެރިޔާ ރިޟުވާނުގެ މަރުގެ ޙަގީގަތް ހާމަކުރައްވާނެ ކަމަށް އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަޢުދު ވެވަޑައިގަތެވެ. އެހެނަސް ރިޟްވާނުގެ ޢާއިލާގެ މަތިން ރައީސް ޞާލިޙު ހަނދުމަފުޅެއް ނުވިއެވެ.
އަދިހަމަ އެ މޭރުމުން ރާއްޖެއިން ގެއްލުވާލެވިފައިވާ މީހުނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބައްލަވާ ދެއްވާނެކަމަށް ވެސް ވިދާޅު ވިއެވެ. އެކަމަކު ވެރިކަން ނިމިގެން ދިޔައީ މިއިން އެއްވެސް މައްސަލައަކަށް އިންޞާފު ހޯއްދަވައި ނުދެއްވައެވެ. މައްސަލައެއް ނޫންތާއެވެ. ބަޔަކު އެކަމާ ކުރި ޝަކުވާއެއް ވެސް ނެތްވިއްޔާއެވެ.
ރައީސް ޔާމީނު ގާނޫނީ ހަމަތަކުގެ މަތިން މިނިވަން ކޮށްދެއްވާނެ ކަމަށް ރިޔަސީ ކެމްޕެއިންގެ ތެރޭގައި ރައީސް މުޢިއްޒު ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ގެ އެދުމުގެ މަތިން ކުރީގެ ސަރުކާރުގެ އަގުވައްޓާލުމަށެވެ. މިހާރު ޔާމީނު ޖަލުގައި ހުރުމަކުން ޕީޕީއެމްގެ ސަޕޯޓަރުން ކަންބޮޑެއް ނުވެއެވެ. އެވާހަކަ ދައްކާލާނެ އެއްވެސް ސަޕޯޓަރަކު އެ ޕާޓީއަކު މިހާރަކު ނެތެވެ. މިހާރު ފަޔަށް ހިނިއަރައިގެން އަތުފެންނުހިކިގެން އުޅޭ ފަދައިން ދެއިރު ދެދަޅަޔަށް އެވާހަކަ ދައްކާ އެ ހަދަނީ އިދިކޮޅުންނެވެ.
ރައީސް މުޢިއްޒުގެ ވެރިކަން 5 އަހަރު ނިމެންދެން ދެމިއޮންނާނެއެވެ. ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައި ހުރި ބައެއް ފުލެޓްތަކާއި ގޯތިތަކުގެ ތެރޭގައި ރިޝްވަތަށް މަގުހުޅުވިފައިވާ އެތައްކަމެއް ހިމެނޭތީ އޭސީސީއިން އެމައްސަލަތައް އިންޞާފުވެރިކަމާއެކު ބައްލަވައި އޭގެ ޙައްގުވެރިން ނޫން ފަރާތްތަކަށް ދީފައިވާ ފުލެޓްތަކާއި ދޫކޮށްފައިވާ ގޯތިތައް އަތުލާނެތީ އިދިކޮޅުން ހައުސިން މިނިސްޓްރީގެ އިޚުތިޞާސްގެ ތެރެއަށް ވަނުމަށް އެކުރާ މަސައްކަތް ހަމަޔާ އިންޞާފު ގަބޫލު ކުރާ ކޮންމެ ރައްޔިތަކުމެ ގަބޫލުކުރާނެއެވެ.
ފާޑުކިއުމަކީ ކުރަންޖެހޭކަމެކެވެ. އެހެނަސް ފާޑުކިޔަންވަނީ ބިނާކުރަނިވި ގޮތުގައެވެ.
2 Responses
ފަހަލަ ތިބުނަނީ ޙަރާމް ޙުކުން ޙަލާލުވެގެންދިޔަ ވާހަކަ ހެއްޔެވެ. އިބޫކައިރިން އަހާބަލާ އަދީބު ޖަރީމާއެއް ހިންގިތޯ؟ ވެންޓިލޭޓަރު ވަގުން އޭނާގެ ސަރުކާރުގައި އުޅުނުތޯ؟ އެމްއެމްޕީއަރސީގެ ވައްކަން ބެލިތޯ؟ ނުބެލީ ކީއްވެތޯ؟ ރިޕޯޓް ފޮރުވައިގެން އުޅެނީ ކޮންބައެއްގެ ނަންތައް އޮތީމާތޯ؟ ރައީސް ޔާމީނަކީ ލީޑަރއެކެވެ. މިވަގުތު ގައުމުގައި އެވަރުގެ ސިޔާސީ ލީޑަރެއް ނެތުމުން ސަރުކާރުންވެސް ޔާމީނަށް ދުލެއްދޭނީ މިސަރުކާރު ނޭވާހިޅިއަށް އެޅޭހެން ހީވެއްޖެނަމައެވެ. ރާއްޖޭގައި ޝަރ؛ީޢަތް ހިންގާގޮތާއި ޙުކުމް ނެރޭގޮތް ގާސިމާއި ޖާބެޔާއި މައުމޫނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި އާޒިމާއަށްވެސް ވަރަށް އެނގޭނެއެވެ! މިބުނެވުނީ ވަރަށް ވާހަކައެވެ
ބަލަ ދިވެހިރާއްޖޭގައި މި ފަހަކަށް އައިސް ވެރިކަން ކުރި ކޮންމެ ބަޔަކުވެސް އަޑަށް އެންމެ ބާރުލާފައި ދައްކަމުންގެންދިޔަ އަދި ދައްކާ ވާހަކަ އަކީވެސް އެ ބޭފުޅުންގެ ސަރުކާރަކީ ދެ ފުށް ފެންނަ ސާފު ސަރުކާރެއް ކަމަށެވެ. ވެރިކަމުގާ ތިބޭ އިރު ދައްކާނީ އެއްފަރާތެވެ. ވެރިކަން ނިމުނީމާ ދެން ދައްކާނީ އަނެއް ފަރާތެވެ.