ރައީސް ޑރ.މުޙައްމަދު މުޢިއްޒު މާދަމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ވެރިރަށް ދުބާއީގައި މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ ވޯލްޑް ގަވަރމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން ބައެއް ނޫސްވެރިން ވެސް ބައިވެރިވާނެއެވެ.
މި ދަތުރުފުޅަށްފަހު ރައީސް މުޢިއްޒު އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
One Response
ޔޫއޭއީ ގެ ވެރިރަށަކީ ދުބާއީއެއް ނޫން އިނގޭތޯ. އެއި އަބޫދާބީ.