މުޖާހިދުންގެ ޖަމާއަތްތަކުން ތިބީ ފަލަސްތީނާއެކުކަން ޕެރިސް ޕްރޮޕޯޒަލްގެ ކުރިއަށް ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

މުޖާހިދުންގެ ޖަމިއްޔާތަކުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން އެ ޖަމިއްޔާތަކުން ހާމަކޮށްފިއެވެ. 

ޕެރިސް ސީޒްފަޔަރ ޕްރޮޕޯޒަލް ހުށައެޅުމަށް ތައްޔާރުވެފައިވަނިކޮށް މުޖާހިދުން ނެރުނު ބަޔާނެއްގައި ފަލަސްތީނު ފެކްޝަނުން ގަބޫލުކުރާ އަށް ކަމެއް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ބުނެފައިވަނީ، އަލްއަޤްސާ ފްލަޑްގެ ކުރިމަތިލުމަކީ ފަލަސްތީނު މިނިވަންކުރުމުގެ މަސައްކަތަށްޓަކައި ހިންގި ތަދުބީރީ ކުރިމަތިލުމެއްކަމަށާއި، ވެސްޓް ބޭންކާއި އަލް ޤުދުސްގައި ޒަޔަނިސްޓުން އެތައް ޒަމާނެއްވާންދެން ދީފައިވާ ހަރުކަށި ލާއިންސާނީ އަނިޔާތަކަށް ދެވުނު ރައްދެއްކަމަށެވެ. މީގެއިތުރުން، މުޖާހިދުންގެ ޖަމިއްޔާތަކަކީ ފަލަސްތީނު މިނިވަންވުމާއި ހަމައަށްވެސް ޒަޔަނިސްޓް ހިޞާރުވެރި އަނިޔާވެރީންނާއި ދެކޮޅަށް އޮތުން ލާޒިމް އިދިކޮޅެއް ކަމަށް ބަޔާނުގައިވެއެވެ. 

ހަމައެއާއެކު، ފަލަސްތީނުގައި ހިންގަމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓައި ނުލާހާ ހިނދަކު އަސީރުން މިނިވަންކުރުމުގެ އަދި އެނޫންވެސް އެއްވެސް އެއްބަސްވުމަކަށް އަޔުމަށް ހުރިހާ މުޖާހިދުންވެސް ދެކޮޅުވެރިވާކަމަށާއި، ޣައްޒާ ހިމެނޭގޮތުން ފަލަސްތީނުގެ ދާޚިލީ ކަންކަން ބެލެހެއްޓުމަކީ ފަލަސްތީނުގެ އަމިއްލަ މަސްލަހަތެއްކަމަށް ދެކޭހާލު، ޒަޔަނިސްޓުން ނުވަތަ އެއްވެސް އިތުރު ފަރާތަކުން ފަލަސްތީނުގެ މައްޗަށް ބެލެނިވެރިކަން ހިންގުމުގެ ފުރުސަތު ނުދޭނެކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ސަރުކާރަކަށްވެސް މުޖާހިދުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަން ފާހަގަކޮށް ބުނެފައިވަނީ، ވެސްޓް ބޭންކާއި، އަލްޤުދުސްއާއި، ރެފިއުޖީ ކޭމްޕުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަލަސްތީނުގެ ހުރިހާ ދަރިން ޒަޔަނިސްޓުންނާއި ދެކޮޅަށް ތެދުވެ، ޒަޔަނިސްޓުންގެ ބައިވެރިންކަމުގައިވާ އެމެރިކާއާއި އެމީހުންނަށް ތާއީދުކުރާ އެންމެހާ ފަރާތްތަކާއި އެއްވެސް ގުޅުމެއް ނުބޭއްވުމަށް ގޮވާލާފައެވެ. 

ފަލަސްތީނަށްޓަކައި ނުކުމެ އެކި ފެންވަރުގައި މަސައްކަތްކުރި ގިނަ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް މުޖާހިދުން ބުނެފައިވަނީ، ޣައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓުވުމުގެ ގާނޫނީ އެންމެ ބުރަ މަސައްކަތް ކުރަމުންދާ ދެކުނު އެފްރިކާއަށް ޝުކުރުވެރިވާކަމަށެވެ. އަދި އެބަޔާނުގައި ވަނީ ހުރިހާ މުޖާހިދުންނާއި، ޒަޔަނިސްޓުންނަށް ފިއްތުންތައް ކުރިމަތިކުރުމަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ ހިތްވަރު ފާހަގަކޮށްފައެވެ. 

އެގޮތުން، މިޞްރުން ކުރާ މަސައްކަތް ފާހަގަކޮށް މުޖާޙިދުން ބުނީ، ފަލަސްތީނުގެ ޑިސްޕްލޭސްމަންޓް ޕްރޮޖެކްޓްތަކަށް ނޫނެކޭ ބުނެ، މިޞްރު-ފަލަސްތީނު ބޯޑަރު ހިޞާރުކުރުމުގެ ފުރުސަތު ނުދީ އެކަން ބަލަހައްޓަމުން ގެންދާތީ އެސަރުކާރަށް ޝުކުރުވެރިވާކަމަށާއި، ރަފާހް ބޯޑަރުން ޣައްޒާ އަށް އިންސާނީ އެހީ ވެއްދުމާއި، އަނިޔާ ލިބިފައިވާ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ހޯދުމަށް ގެންދިޔުމުގެ މަސައްކަތްތަށް މިހާރުވެސް ކުރިއަށް ގެންދާގޮތަށް ގެންގޮސްދިނުމަށް އެދި ދަންނަވާފައެވެ. 

އެނެމް ފަހުކަމަށް ބުނެފައިވަނީ ގެދޮރު ގެއްލިފައިވާ އުތުރު ޣައްޒާ ސްޓްރިޕްގެ ރައްޔިތުން އެމީހުންގެ ގެތަކަށް އަނބުރައި ދެވޭނެ މަގު ހޯދައިދިނުމުގް މުހިންމުކަން ބޮޑުކަމަށާއި، ޣައްޒާ އަދި ހާއްސަކޮށް އުތުރު ޣައްޒާގައި ބޭޏުންވާ ވަސީލަތްތައް ހަމަޖެއްސުމަށްޓަކައި އެކުވެރި ދައުލަތްތައް ހިމެނޭގޮތަށް ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ކޮށްދޭންޖެހޭ އެންމެހައި މަސައްކަތެއް ކޮށްދިނުމަށް ގޮވާލާކަމަށެވެ. 

މުޖާޙިދުންގެ ބަޔާނުގައި އިތުރަށް ބުނީ، ފަލަސްތީނު މިނިވްނކުރުމަށް ކުރާ މަސައްކަތް ފުނޑުފުނޑުކޮށްލުމަށް ޒަޔަނިސްޓު ކިތަންމެ މަސައްކަތެއްވެސް ކޮށްފައިވާކަމަށާއި، އެހެން ނަމަވެސް، ފަލަސްތީނަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތްވަރާއި، އަޒުމު ވަރުގަދަކަމާއި، ކެރުމުގެ ސަބަބުން އެކަން އެމީހުންނަށް ނުވިކަމުގައެވެ. 

”ފަލަސްތީނުގެ ރައްޔިތެއްގެ ހަށިގަނޑުން މި ބިމަށް ވެއްޓޭ ކޮންމެ ލޭތިއްކެއް އަގުކުރެވޭނީ ނަޞްރާއި، މިނިވަންކަމާއި، އެނބުރިއައުމާއި، ފަލަސްތީނުގެ ވެރިކަންކުރާ ތަނެއްގެ ގޮތުގައި ޤުދުސް ހަމަޖައްސައި، ފަލަސްތީނުގެ ރައްޔިތުންނަށް ސާބިތުކަން ލިބިގެން.“ މުޖާޙިދުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.  

Loading

One Response

  1. އެމެރިކާގެ އެއްބާރުލުމާ އެހީތެރިކަމާއެކު އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުން ގެންދާ ނަސްލުނަށްތާލުމާ ބިން ވެރިކުރުމުގެ ޖަރީމާތަކުގެ ފޯކާސް އަނބުރާލުމަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ގުޅިގެން ޔަމަނުގެ މުސްލިމުންމެރުމަށް މިހާރު މިވަނީ އިތުރު ހަނގުރާމައެއް ފަށާފައެވެ.
    ދެރަކަމަކީ ވެރިކަމާ ރަސްކަމާ އަމިއްލަ އެދުމަށްޓަކައި މުސްލިމުންގެ ނަމުގައި ނަންކިޔޭ ނުފޫޛްހުރި ބައެއް ފަރާތްތަކުން ވެސް މުސްލިމުންގެ ލޭ އޮހޮރުވުމަށް ލޯބިކޮށް އެހީތެރިވާތީއެވެ. ފަލަސްޠީނުގައި އިސްރާއީލުން ހިންގާ ޖަރީމާތަށް ހުއްޓާލައިފި ނަމަ ޔަމަނުން އިސްރާއީލަށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް ހަމަލާ ނުދޭނެކަމަށް ޔަމަނުން ބުނެފައިވެއެވެ. އަދި މިހާރު ވެސް ޔަމަނުން ހަމަލާ ދޭކަމަށް ވަނީ ހަމައެކަނި އިޒްރާއީލުގެ ބޯޓް ފަހަރަށާ އިސްރާއީލަށް ދަތުރުކުރާ ބޯޓުފަހަރަށް ކަމަށް ވާތީ، އެމެރިކާ އިން ޔަމަނަށް ދޭންފެށި ހަމަލާތަކަކީ އިސްރާއީލަށް ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމަށް ދޭ ހަމަލާތަކެއްކަމުގައި ބުރަވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް