ޖަރުމަނު، ކެނެޑާ، އިނގިރޭސިވިލާތް އަދި ނެދަލެންޑްސްއާއި ދެކޮޅަށް ނިކަރާގުއާއިން ގަތުލުއާންމުގެ ދައުވާ އުފުލައިފި

Loading

Facebook
Twitter
WhatsApp

ޖަރުމަނު ވިލާތާއި، އިނގިރޭސި ވިލާތާއި، ނެދަލެންޑްސްއާއި ކެނެޑާއާއި ދެކޮޅަށް ބައިނަލްއަޤްވާމީ އިންސާފާއިބެހޭ ކޯޓު (އައިސީޖޭ) ގައި ދައުވާ އުފުލުމަށް ނިކަރާގުއާގެ ސަރުކާރުން މަސައްކަތް ފަށައިފިއެވެ. ނިކަރާގުއާއިން އުފުލާގައި ބުނެފައިވަނީ އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމުގައި މި ގައުމުތަކުން ބައިވެރިވާކަމަށާއި، އިޒްރޭލުގެ ލާއިންސާލީ ހަމަލާތަކުގައި ބޭނުންކުރުމަށް ހަތިޔާރުގެ އިތުރުން އެހެނިހެން ވަސީލަތްތައް އެގައުމުތަކުން ފޯރުކޮށްދީފައިވާކަމަށެވެ. 

ނިކަރާގުއާ ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުން ރޭވިގެން ޣައްޒާގައި ހިންގާ ނޭއްގާނީ، ލާއިންސާނީ ހަނގުރާމައިގައި އެގައުމުތަކުން ޝާމިލުވެފައިވާތީ، ބައިނަލްއަޤްވާމީ ގާނޫނުގެ ދަށުން ގަތުލުއާންމާއި ދެކޮޅަށް އެކުލަވާލެވުނު މުއާހަދާއާއި ޚިލާފުވެފައިވާކަން ހަނދާންކޮށްދީ އިންޒާރު އެގައުމުތަކަށް ދީފައިވާނެކަމަށެވެ. 

ބިލިއަނަކަށްވުރެ ގިނަ މުސްލިމުން ދުނިޔޭގައި ތިބިއިރު، އަދި ގިނަ މުސްލިމް ގައުމުތަކަކީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކަށްވާއިރު، މިއިން އެއްވެސް ގައުމަކުން އިސްނަގައިގެން މިފަދަ ފިޔަވަޅެއް އަޅާފައި ނުވުމަކީ ހިތާމަހުރި ކަމެކެވެ. އަދި އިޒްރޭލާއި ދެކޮޅަށް ފާޅުގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް ގެންދާނަމޭ ބުނެ މޮޅެތި ވާހަކަތައް ދެއްކި ގައުމުތަކުންވެސް، އެފަދަ އެއްވެސް މައްސަލައެއް އެފަދަ ކޯޓެއްގައި ޖައްސާފައެއް ނުވެއެވެ. އެހެންކަމުން، ބެލެވެނީ މިއީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ. އަޚްވަންތަކަމާއި ހަމްދަރުދީގެ ވާހަކަތަކެއް ނޫނެވެ. 

އިޒްރޭލުގެ ޑިޖިޓަލް ހަނގުރާމައިގައި އެގައުމާއި ދެކޮޅަށް އެކްސްއާއި އެފަދަ އެހެން ސޯޝަލް ވިއުގަތަކުގައި އާދައިގެ މުސްލިމުން ކުރި ވަރަށްވެސް މުސްލިމް ގައުމުތަކުގެ ސަރުކާރުތަކަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ)ގެ ގައުމުތަކަށް ވެސް މަސައްކަތެއް ނުކޮށްދެވުނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް