މޮސްއަދްއަށް ޖާސޫސްކޮށްދިން ހަތް މީހަކު ތުރުކީ ފުލުހުން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އިޒްރޭލުގެ މޮސްއަދް ޖަމާއަތަށް ޖާސޫސްކޮށްދިން 7 މީހަކު ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސުން އަތުލައިގަނެފިއެވެ.

ހުކުރު ދުވަހު އިޒްމީރާއި އިސްތާންބުލްއިން ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް އުފުލާފައިވަނީ މުސްއަދަށް މައުލޫމާތު ވިއްކުމުގެ ދައުވާއެވެ. 

މޮސްއަދް ޖާސޫސުންގެ މައުލޫމާތު ތުރުކީއާއި ހިއްސާކުރަނީ އިރާނުންނެވެ. އެގޮތުން، އިރާނުން މިހާރުވަނީ މޮސްއަދްގެ ސަލާމަތީ ވިއުގަ ފޫއަޅުވާލާފައެވެ. 

މި އޮޕަރޭޝަންގެ ތެރޭގައި އޭޝިއާއާއި، އެފްރިކާ އަދި ޔޫރަޕުގެ 28 ގައުމަކުން މޮސްއަދްއާއި ގުޅުންހުރި ފަރާތްތަކާއި ޖާސޫސުންގެ މައުލޫމާތު ދެނެގަނެފައިވާއިރު، އިރާނުންވަނީ މޮސްއަދްގެ ގިނަ އަދަދެއްގެ އިންޓެލިޖެންސާއި ސެކިއުރިޓީ މައުލޫމާތު ހޯދާފައެވެ. މީގެތެރޭގައި އިޒްރޭލުން ފޮރުވާފައިހުރި އަސްކަރީ އިންސްޓޮލޭޝަންތަކާއި، ހަތިޔާރު ކާރުހާނާތަކާއި، އާންމުން ހިންގާ ތަދުބީރީ ކުންފުނިތަކުގެ މައުލޫމާތުވެސް ހިމެނޭކަމަށް އިރާނުން ވަނީ ހާމަކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް