އިންތިޚާބު ބޯމަތިވެފައިވަނިކޮށް ޕާކިސްތާނުގެ ސަރުކާރުން ގައުމީ އެއަރލައިން ވިއްކާލަން ނިންމައިފި

Loading

Facebook
Twitter
WhatsApp
View of a Pakistan International Airlines (PIA) passengers plane, taken through a glass panel, at the Allama Iqbal International Airpor in Lahore, Pakistan January 29, 2024. REUTERS/Akhtar Soomro

އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ޕާކިސްތާނުގެ ސަރުކާރުން ގައުމީ އެއަރލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސް (ޕީއައިއޭ) ވިއްކާލުމުގެ މަސައްކަތް ފަށައިފިއެވެ. 

އެއަރލައިން ވިއްކާލުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމާއި ހަވާލުވެހުރި އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސްއިން ލިޔެފަިއވާ ގޮތުގައި، ސަރުކާރުން މިކަމުގެ ލިޔެކިޔުންތައް ތައްޔާރުކޮށްފައިވަނީ ދެން އަންނަ ސަރުކާރަކުންވެސް ކޮންމެހެން އެއެއްބަސްވުންތަކަށް އަމަލުކުރަން ޖެހޭނެ ގޮތަށެވެ. 

ސަރުކާރު ބަދަލުވާން ގާތްވުމުން، ނުވަތަ އިންތިހާބުގެ ދުވަސްވަރުގައި ބޮޑެތި ބަދަލުތައް ގެނައުމަކީ އެއްވެސް ސަރުކާރަކުން ކޮށްއުޅޭ ކަމަކަށް ނުވިނަމަވެސް، އިޤްތިޞާދީ ބޮޑު ވެއްޓުމެއްގެ ތެރޭގައި އޮތް ޕާކިސްތާނުން، އެގައުމުގެ ދައުލަތަށް ގެއްލުންވާ ކުންފުނިތައް ދޫކޮށްލުމަށް މިދިޔަ ޖޫންމަހުގެ ތެރޭގައި ވަނީ އެއްބަސްވެފައެވެ. އެއީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 3 ބިލިއަން ޑޮލަރުގެ ބެއިލްއައުޓްއަކަށް އެދި އެއްބަސްވެފައިވާ އެއްބަސްވުމެކެވެ. 

މިގޮތުން، ސަރުކާރުން ޕީއައިއޭ ޕްރައިވެޓައިޒް ކުރުމަށް ނިންމާފައިވަނީ އައިއެމްއެފްއާއެކު އެއްބަސްވުމެއްގައި ސޮއިކުރިތާ މަދުދުވަސްކޮޅެއްގެ ތެރޭގައެވެ. 

”އަހަރެމެންގެ މަސައްކަތުގެ 98 އިންސައްތަ މިހާރު އެވަނީ ނިމިފަ. ދެން ބާކީ އޮތީ ކެބިނެޓުން ފާސްކުރުމަށްފަހު އެކްސެލް ޝީޓަކަށް މައުލޫމާތު އެޅުން.“ ޕްރައިވެޓައިޒޭޝަން މިނިސްޓަރު ފަވާދް ޙަސަން ފަވާދް ރޮއިޓަރސްގައި ބުނެފައިވެއެވެ. 

ޕީއައިއޭއަށް މިދިޔަ އަހަރުގެ ތެރޭގައި 112 ބިލިއަން ޕާކިސްތާން ރުޕީސްގެ ގެއްލުން ވެފައިވާއިރު، ލައިބިލިޓީސްގެ ގޮތުގައި 785 ބިލިއަން ރުޕީސް ވަނީ އަރާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް