ޔަހޫދީ ކެފޭއަށް ދިން ހަމަލާއަކީ ވެރީން ސްޓޭޖްކުރި ހަމަލާއެއްކަން ހާމަވެއްޖެ

Loading

Facebook
Twitter
WhatsApp

ކެނެޑާގެ ވިނިޕެގް ގައި ހުންނަ ޔަހޫދީ ކޯޝާ ކެފޭއަކަށް ދިން ހަމަލާއަކީ އެތަނުގެ ވެރީން ރާވައިގެން އަމިއްލައަކަށް ދިން ހަމަލާއެއްކަމަށް ކެނެޑާގެ ފުލުހުން ބުނެފިއެވެ.

ބާމެކްސް ކެފޭ އެންޑް ބީސްޓްރޯގެ ވެރީންގެ މައްޗަށް ”ޕަބްލިކް މިސްޗީފް“ ގެ ދައުވާ އުފުލުމަށް ފޮނުވުމަށްފަހު ކެނެޑާގެ ފުލުހުން ބުނީ، އޭޕްރިލް 18 ވަނަ ދުވަހު ހިނގައިދިޔަ ކަމަށް ބުނި މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި 25 އޮފިސަރުން ހަރަކާތްތެރިވެފައިވާ ކަމަށާއި، 1000 އަށްވުރެ ގިނަ ގަޑިއިރު ހޭދަކުރިކަމަށެވެ.

ޔަހޫދީ ކެފޭގެ މުދަލަށް ގެއްލުންދީ، ސްޕްރޭޕެއިންޓުން ފާރުތަކުގައި ޔަހޫދީ ދީނާއި އިދިކޮޅު ”އެންޓި-ސެމިޓިކް“ ކުރެހުންތައް ކުރަހާފައި ހުއްޓެވެ. އަދި ކެފޭގައި މަސައްކަތްކުރާ އަންހެނަކަށް އަނިޔާވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ފަސް މަސްދުވަހުގެ ތެރޭގައި އެ ކެފޭއަށް ދިން މިފަދަ 4 ވަނަ ހަމަލާއެވެ.

ކެފޭގެ ވެރީން ކަމުގައިވާ އެލެކްޒޭންޑާ ބެރެންޓް (56 އަހަރު) އޮކްސާނާ ބެރެންޓް (48 އަހަރު) އަދި މެކްސިމް ބެރެންޓް (29 އަހަރު) ހައްޔަރުކުރުމަށްފަހު، ފެށޭ މަހުގެ ތެރޭގައި ކޯޓަށް ހާޟިރުވުމަށް އަންގައި ވަނީ ދޫކޮށްލާފައެވެ.

މީގެކުރިން ކެފޭއަށް ދިންކަމަށް ބުނާ އެއްވެސް ހަމަލާއެއްގެ ތަފްސީލު ފުލުހުން ހާމަކޮށްފައިނުވާއިރު، ކެފޭގެ ވެރީން ހައްޔަރުކޮށް މައްސަލައިގެ ހަގީގަތް ހާމަވުމާއެކު، އެއާއިލާއަށް ލިބުނު ގެއްލުމުން ސަލާމަތްކުރުމަށްޓަކައި އެހީތެރިވުމަށްޓަކައި ހުޅުވި ފަންޑުވަނީ ބަންދުކޮށްފައެވެ. އަދި އެއްކުރެވުނު ހުރިހާ ފައިސާއެއް އަނބުރައި ރައްދުކުރުމަށް މިހާރުވަނީ އަންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް