އިރާޤުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ލަސްނުކޮށް އިރާޤުން ބޭލުމަށް އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝީޢާ އަލްސޫދާނީ އެންގެވިތާ މާގިނަ ދުވަހެއް ނުވަނީސް، އެމެރިކާ ސިފައިން އިރާޤުން ބޭލުމުގެ މަޝްވަރާތައް އެމެރިކާއިން ފަށާފައިވާކަން ޕެންޓަގަން އިން ހާމަކޮށްފިއެވެ.
މިގޮތުން، ސީރިއާއާއި އިރާޤާއި، މިދެގައުމުގައި ތިބި ހުރިހާ އެމެރިކާ ސިފައިން އަންބުރާ ގެންދިޔުމުގެ ވާހަކަތައް ދެކެވޭކަމަށް ޚަބަރުތައް ބުނި ނަމަވެސް، ސީރިއާއިން ސިފައިން ބޭލުމަށް މަޝްވަރާކުރާކަމުގެ ވާހަކަތައް އެމެރިކާގެ އޮފިޝަލުން ވަނީ ދޮގުކޮށްފައެވެ.
އިރާޤުން ސިފައިން ބާލައިފިނަމަ، ސީރިއާގައި ތިބި އެމެރިކާ ސިފައިންވެސް ބާލާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ، އެމެރިކާ ސިފައިން އިރާޤު ދޫކޮށް ހިނގައްޖެނަމަ، ސީރިއާގައި ހުރި ބޭސްތައް ކޮންޓްރޯލްކުރުމަށް އެމީހުންނަށް އުނދަގޫވާނެތީއެވެ.
އެމެރިކާއިން ގަވާއިދާ ޚިލާފަށް އިރާޤުގައި ގިނަ އަދަދެއްގެ މިލިޓަރީ ބޭސްތަކެއް ހިންގާއިރު، އިރާޤުން މެދުކެނޑުމެއްނެތި އެގައުމު ދޫކޮށް ދިޔުމަށް އަންގަމުން ދިޔަނަމަވެސް އެމެރިކާއިން މީގެކުރިން މި އެންގުންތަކަށް އިޖާބަދީފައެއް ނުވެއެވެ.
One Response
އަލްހަމްދުﷲ