2017 ވަނަ އަހަރަށްފަހު އެންމެ ގިނަ އަދަދެއްގެ ކުންފުނި އުވާލެވުނީ 2023 ވަނަ އަހަރުގައި ކަމަށް ބޭންކް އޮފް ފްރާންސްއިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
ބެންކް އޮފް ފްރާންސްގެ ވްބްސައިޓްގައި ޝާއިއުކުރި މި ރިޕޯޓުގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ ތެރޭގައި ފްރާންސްގެ 55،435 ކުންފުނި އުވާލާފައިވާކަމަށާއި، މީގެ ތެރޭގައި ގިނައީ 250 އާއި ހަމައަށް
މުވައްޒަފުން ގެންގުޅޭ ކުދި އަދި މެދު ފަންތީގެ ކުންފުނިތައްކަމަށެވެ. މިގޮތުން، އުވާލެވުނު މެދު އަދި ބޮޑު ފަންތީގެ ވިޔަފާރިތަކުގެ އަދަދު 57 ގައި އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާއިރު، 2022 ވަނަ އަހަރު މިއަދަދު އުޅެނީ މީގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ދަށުގައެވެ.
ބައިނަލްއަޤްވާމީ މަސްރަހުގައި ހިނގާ ހަނގުރާމަތަކާއި ދޭދޭ ގައުމުތަކަށް އަޅަމުންދާ ފިޔަވަޅުތަކާއި ފިއްތުންތަކުގެ އަސަރުތައް ފެންނަން ފަށާފައިވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.