ރަތް ކަނޑުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއެކު، ބޭނުންކުރުމަށް ލިބެން ހުންނަ ކޮންޓެއިނަރުގެ އަދަދު މަދުވުމުގެ ސަބަބުން ދުނިޔޭގެ ހިއްސާގެ ބާޒާރުގައި މުދާއުފުލާ ކުންފުނިތަކުގެ ހިއްސާގެ އަގާއި ފްރައިޓްގެ އަގުތަށް މައްޗަށް ޖެހިއްޖެއެވެ.
އެގޮތުން، (މެއާސްކް-އޭ.ކޯ، މެއާސްކް-ބީ.ކޯ) ގެ ހިއްސާގެ އަގު 37 އިންސައްތަ މައްޗަށް ޖެހިފައިވެއެވެ.
ޑިސެންބަރުމަހުގެ މެދުތެރޭގައި ހޫތީ މުޖާހިދުން ރަތްކަނޑުގައި ދޭންފެށި ހަމަލާތަކުގެ ފަހުން ޑެންމާކްގެ މެއާސްކް ކުންފުނީގެ އިތުރުން، އެހެން މުދާއުފުލާ ކުންފުނިތަކުން ރަތްކަނޑުން ސުއޭޒް ކެނެލް ހުރަސްކޮށް ދަތުރުކުރުން ހުއްޓާލާފައިވާއިރު، މިއީ އޭޝިއާއާއި ޔޫރަޕާއި ދެމެދުގައި ދަތުރުކުރެވޭ އެންމެ އަވަސް މަގެވެ.
މަދު އަދަދެއްގެ ކޮންޓެއިނަރުންނާއި، ބޮޑު ފްރައިޓް އަގުތަކެއް ނަގައިގެން، ބޮޑު އާމްދަނީއެއް ހޯދޭނެކަމަށް ލަފާކޮށް، ގޯލްޑްމަން ސާކްސްއާއި ބޭންކް އޮފް އެމެރިކާގެ ހިއްސާގެ ބާޒާރާއިބެހޭ މާހިރުންވަނީ މެއާސްކްގެ ”އަންޑަވެއިޓް“ ސްޓޭޓަސް ”ނިއުޓްރަލް“ އަށް ބަދަލުކޮށްފައެވެ.