ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ 4 ވަނަ ދައުރަކަށް ޝެއިޚް ހަސީނާ އިންތިޚާބުވެވަޑައިގެންފި

Loading

January 9, 2024
profile
Facebook
Twitter
WhatsApp

ބަންގްލަދޭޝްގެ ބޮޑުވަޒީރު ހޮވުމަށް ނެގި ވޯޓު ކާމިޔާބުކުރައްވައި، އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ޖެހިޖެހިގެން ބޮޑުވަޒީރުކަމުގެ ހަތަރުވަނަ ދައުރަކަށް ހޮވިވަޑައިގެންފިއެވެ. 

ޝެއިޚް ހަސީނާ ތަމްސީލުކުރައްވާ އަވާމީ ލީގް އާއި އެކުވެރީން އިތުރު ފަސް އަހަރަށް ހޮވިފައިވަނީ 300 ޕާލިމެނޓަރީ ގޮނޑީގެ ތެރެއިން 223 ގޮނޑި ކާމިޔާބުކޮށްގެންނެވެ. 

ބަންގްލަދޭޝްގެ އިދިކޮޅު ސިޔާސީ މައި ޕާޓީ ކަމުގައިވާ ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީއިން މި ވޯޓު ބޮއިކޮޓްކުރަމުން ދިޔުމާއެކު، ޝެއިޚް ހަސީނާގެ ޕާޓީއިން މަޖިލީހުގެ ބާކީހުރި ގޮނޑިތައްވެސް ކާމިޔާބުކުރާނެކަމަށް ލަފާކުރެވެއެވެ. 

ބީއެންޕީއިން ބުނެފައިވަނީ މަޖިލީހުން ނެގި ވޯޓަކީ ”ބޮޑު އޮޅުވާލުންގަނޑެއް“ ކަމަށެވެ. އާދީއްތަ ދުވަހު ނެގި ވޯޓު ނަގާފައިވަނީ، ބީއެންޕީގެ އިސްލީޑަރުންނާއި، އިދިކޮޅު ސަޕޯޓަރުންގެ ގިނަ ބަޔަކު ހައްޔަރުކުރުމަށްފަހުގައެވެ. އަދި ދާއިމީ ނަތީޖާ އިއުލާނުކުރާގޮތަށް ހަމަޖެހިފައި އޮތީ ހޯމަ ދުވަހުގައެވެ.

ކުރިއަށް އޮތް ފަސް އަހަރުވެގެންދާނީ ޝެއިޚް ހަސީނާގެ ފަސްވަނަ ދައުރަށެވެ. އެކަމަނާ ބޮޑުވަޒީރުކަމުގެ މަގާމާއި ހަވާލުވެފައިވަނީ 1996 ވަނަ އަހަރުގައެވެ. އެއް ދައުރު ފުރިހަމަކުރެއްވުމަށްފަހު، ދެވަނަ ފަހަރަށް އެމަގާމަށް ހޮވިފައިވަނީ 2009 ވަނަ އަހަރުގައެވެ. އަދި މިއަދާއި ހަމައަށްވެސް އެކަމަނާ ހުންނެވީ އެމަގާމުގައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް