ބްލިންކެން އަށް ތުރުކީއިން ކީ ފިނި މަރުހަބާއެއް

Loading

January 7, 2024
profile
Facebook
Twitter
WhatsApp

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން، ތުރުކީގެ ވެރިރަށް އަންކާރާއަށް ކުރަމުން ގެންދާ ދަތުރުގައި ތުރުކީއިން އޭނާއަށް ކިޔާފައިވަނީ ފިނި މަރުހަބާއެކެވެ. 

ބްލިންކެން ތުރުކީއަށް ގޮސްފައިވަނީ، މެދުއިރުމަތީގެ ގިނަ ގައުމުތަކަކަށް ޒިޔާރަތްކުރުމަށްފަހު އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެހެންނަމަވެސް، ތުރުކީ ސަރުކާރުގެ އިސްވެރީން އޭނާއަށް މަރުހަބާކިޔުމަށްޓަކައި ގޮސްފައިނުވާކަން ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ. އޭނާއަށް މަރުހަބާ ކިޔާފައިވަނީ އަންކާރާގެ ޑެޕިއުޓީ ގަވަރްނަރު ނަމީކް ކަމާލް ނަޒްލީއެވެ. 

ތުރުކީއަށް ދިޔުމުގެ ކުރިން ބްލިންކެންވަނީ ފަލަސްތީނުގެ ލީޑަރު، މަހްމޫދް އައްބާސްއާއި އާދީއްތަދުވަހު ބައްދަލުކޮށްފައެވެ. އައްބާސްއާއި ހަވާލާދީ އޭނާގެ ތަރުޖަމާނު ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ޣައްޒާގައި އިސްރާއީލުން ހިންގާ ޤަތުލުއާންމާއި ދެމުންގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މަހްމޫދްވަނީ ގޮވާލާފައެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އެގައުމަށް އެތެރެކުރުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ. 

ހަމަ އެ ދުވަހު ބްލިންކެން ވަނީ އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝީއާ އަލް-ސޫދާނީއާއިވެސް ބަޣުދާދުގައި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި އޭނާ ބުލެޓްޕްރޫފް ވެސްޓެއް އަޅައިގެން ހުންނަ މަންޒަރު ފެނެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް