ރަޢިއްޔަތުންގެ މަޖިލިސް ގެ މެންބަރަކަށް ވުމަކީ ގިނައިން ފައިސާ ހޯދުމަށާއި ބާރު ހޯދުމާއި ބޮޑާކަން ދެއްކުމާއި މުޑުދާރު ސިޔާސީ ބޭނުމަށް ފުރުޞަތު ހޯދުމަށް އޮތް ވަޞީލަތެއް ނޫންކަން ދަންނަން އެބަޖެހެއެވެ.
ނަމަވެސް މިފަހަކަށްއައިސް މިކަން ހިނގަނީ މި ބުނެވުނު މަގްޞަދުތައް ޙާޞިލް ކުރުމަށްޓަކާއި ކަމުގައި ގިނަބަޔަކަށް ގަބޫލުކުރެވިފައި ވާކަން ފާހަގަކުރެވެއެވެ. އެގޮތަށް ގަބޫލުކުރެވޭ ސަބަބުތައްވެސް އެބަހުއްޓެވެ. މަޖިލީހަށް ކުރިމަތިލުމަށް އޮންނަ ދިވެހިބަހުން ލިޔަން ކިޔަށް އެނގުމުން ޝަރުޠު ހަމަވެއެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާތީ އެމީހާ މުސްލިމްއަކަށް ވެދެއެވެ.
މީހާގެ އަޚްލާގެއް އުޅުމެއް ކުރިން އުޅުނު ގޮތެއް މިހާރު އުޅޭ ގޮތެއް މުހިންމެއް ނޫންކަމުގައި ވެރީންވެސް ދެކެއެވެ. ފޯމް އިލެކްޝަންއަށް ވައްދާ ދުވަހު ކުށުގެ ރެކޯޑެއް ނެތްނަމަ ޞާފު ހުދު ފޮތިކޮޅެކެވެ. ދެން ބޭނުން ވާނީ ޕްރައިމަރީން ހޮވުމަށް ފައިސާ އެވެ. އެކަންވެސް އެމީހަކު ހޮވަން ބޭނުންވާ ވިޔާފާރިވެރިޔަކު ނުވަތަ އޭނަޔަށް ސަޕޯޓްކުރާ ޕާޓީއަކުން ދަރަންޏަށްނަމަވެސް ކޮށްދެއެވެ!
ޑްރަގް ޓްރެފިކް ކުރިކަމުގައި ވިޔަސް ޕާޓީ މީހާގެ ސަރުކާރު ވީމާ ދަޢްވާ ނުކޮށް އޮވެދެއެވެ. އެހެން ވެއްޖެނަމަ ކުށުގެ ރެކޯޑެއް ނޯންނާނެތާއެވެ. އެގޮތަށް މާޟީގައި މެދުވެރި ވެފައި އެބަހުށްޓެވެ.
މަޖިލީހަކީ ގާނޫނުތައް ހަދާ މަޖިލީސް ކަމަށް ކިއެއްކަމަކު ރާއްޖޭގައި ހެދޭ ގާނޫނުތައް ޑްރާފްޓްކުރަނީ މަޖިލީހަކުން ނޫނެވެ. ނުވަތަ ޤާނޫނު ހަދާނީ އެމަޖިލީހަކުން ނޫނެވެ. ޤާނޫނުތައް ޑްރާފްޓްކުރަނީ މަޖިލީހުން ބޭރުގެ ޤާނޫނީ ފަރާތްތަކަށް އެތަށް މިލިޔަން ފައިސާއެއް ދީގެނެވެ. މަޖިލީހުގެ މެންބަރުން ކުރާކަމަކީ އެ ހުށަހެޅި އެއްޗެސް ޕާޓީލައިނުން ފާސްކުރުމެވެ. ހައިރާންވެ އަންތަރީސްއެއް ނުވޭތޯއެވެ؟
ގާނޫގެ ފަންނު ނުދަންނަ ފަރާތަކުން ގާނޫނު ހަދާ އަދި އެއެށްވުރެ ބީތާ ބަޔެއެްގެ މެޖޯރެޓީން އެ ގާނޫނެއް ވާސްކޮށްލާތީއެވެ.
ސުވާލަކީ ޤާނޫނު ގެ ފަންނުގެ މީހުންނަށް ނޫނީ އެގާނޫނު ފާސްކުރުމުން ފާސްކުރާ ޤާނޫނަކުން ނިކުންނާނެ ނަތީޖާ ސިކުނޑިއަށް ނުވަތަ ބުއްދިއަށް ނަގައި ގަނެވި ދާނެތޯއެވެ؟
އެބަޔަކަށް ގާނޫނު ތަންފީޛް ކުރުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ގާނޫނުގައި ހުރި އުނިކަންކަން ވިސްނައިގަނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މަޖިލީހުގެ މެންބަރުކަމަކީ ޤާނޫ ދަންނަ އެކަކު ދެމީހަކު މަޖިލީހުގައި އިނދެފައި އޭނާ އަތް އުފުމެލީމާ އަތް އުފުލާފައި އޭނާ ބަޓަނަން އޮބީމާ ބަޓަނަށް އޮބުމަށްވުރެ އަމާނާތްތެރި ޒިންމާ ބޮޑު މަގާމެއްކަން ރަޢިއްޔަތުންނަށް ވެސް ރަނގަޅަށް އެބަ އެގެން ޖެހެއެވެ.
ރާއްޖޭގައި ޢިލްމީ ޒުވާން ޖީލެއް އޮތްއިރު މަޖިލީހަށް އައުމަށް ޝަރުޠަކަށް ހަމައެކަނި ލިޔަންކިޔަން އެނގުމާއި އިސްލާމަކަށްވުން އޮތް އޮތުމަކީ ރާއްޖޭގެ ތަރައްގީއަށް ކުރިމަތި ވެދާނެ ގޮންޖެހުމެއް ކަމަށް މިވަނީ ވެފައެވެ.
އަދި އެކަމުގެ ސަބަބުން ކޮރަޕްސަނާއި ފަސާދަ ޢާންމުވެ، ފަހިވެ މުޖްތަމަޢްގެ އަމާންކަމާ މަސްލަޙަތު ހިމާޔަތްކުރުމަށް ފުލުހުންނާއި އެނޫން ޤާނޫނީ އިދާރާތަކުން ކުރާ މަސައްކަތްތަކުގެ ހެޔޮނަތީޖާ މުޖުތަމަޢުން އެކަށީގެންވާ މިންވަރަށް ނުފެންނަނީ އެފަދަ ނާގާބިލް ކަރަޕްޓް މެމްބަރު މަޖިލިސްއަށް ރައްޔަތުން އިސްކުރާތީއެވެ.
މިހެންވުމުން ސިޔާސަ (ސިޔާސީ) މީހުންނަށް ވަރަށް ރަނގަޅެވެ. އެހެނީ މެމްބަރުން ބޭނުންކޮށްގެން ކަރަޕްޝަނާއި ފަސާދަ ހިންގުމާއި އޭގެ ބަދަލުގައި މަޖިލީހުގެ މެންބަރުން މުސާރަ އާއި ޢިނާޔަތްތަށް ކަނޑައެޅުމުގެ އިޚްރިޔާރުވެސް ޤާނޫނު އަސާސީން ލިބިދީފައިވާތީއެވެ. ދެންފަހެ، މިމަގުން ގާނޫނުހަދާ މަޖިލިސް އެކުލަވާލެވޭ ގައުމެއްގައި ދިވެހީން ދިވެހިންގެރާއްޖޭގައި އުޅޭވޭނެ ނުވަތަ އުޅޭނެގޮތް މިދަނީ ފެންނަމުންނެވެ.
ގިނަވީ މުއައްސަސާތަކެވެ. މިހެންވުމުން ދުވަހަކަށްވުރެ ދުވަހެއް ގައުމުގައި ޢަދުލް-އިންސާފް މިދަނީ ގަނެވިއްކާ އެއްޗަކަށް ވެގެންނެވެ. މިގޮތް ބަދަލުވާން އެބަޖެހެއެވެ. ބަދަލުވާނީ ރައްޔަތުމީހާ އެބަދަލާއި ކުރިމަތިލީމައެވެ. އާދެ! ހަމަކޮންމެ މީހަކު މަޖިލީސްގެ މެމްބަރަށް އޯކޭ ނުވީމައެވެ. ރައްޔަތުމީހާ ޙައްގުގައި ހުރެ ޙައްގަށް ވޯޓްދީގެނެވެ.
One Response
ވަރަށް ބޮޑު ތެދެއް