އެމެރިކާއާއި އިސްރާއީލާ ދެގައުމުންވެސް އިސްރާއީލުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓާކައި މިޒަމާނުގެ މޮޅުވެގެންވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ކެނޑި ނޭޅި ފާރަލަމުން ގެންދަނިކޮށް އިސްރާއީލުގެ ޖައްވީ ދިފާއު ފޫއަޅުވާލާފިއެވެ.
އެތައް ސަތޭކަ ރޮކެޓަކުން ކުއްލިގޮތަކަށް ޙަމާސް އިން އިސްރާއީލްގެ ޑިފެން ފޫއަޅުވާލައި ޙަމަލާދީ އިސްރާއިޅުގެ އެތައް ބަޔަކު މަރާލައި ބޮޑެތި ގެއްލުންތަކެއް ދެވުނުގޮތަކާއިމެދު އެމެރިކާގެ ކޮންގްރެސްއިން ގެންދަނީ ސުވާލު އުފައްދައި އެމެރިކާގެ ސަރުކާރަށް ބާރު ބޮޑުކުރަމުންނެވެ.
އެންމެފަހުން އެމެރިކާއާއި އިސްރާއީލުގެ ނުކުޅެދުންތެރިކަން ގަބޫލުކުރުމުގެ ބަދަލުގައި މިކަންތައްވެސް ގެންދަނީ އިސްރާއީލާއި ސަޢޫދީ އެރޭބިޔާގެ ގުޅުން ކާމިޔާބުވިޔަ ނުދިނުމަށްޓަކައި އީރާނުންކުރި ކަމެއްކަމުގައިބުނެ އީރާނުގެ މައްޗަށް ފޫޅުކަނޑަ މުންނެވެ. އަދި މިކަމުގައި ޙަމާސް އަށާއި އިރާނަށް އަގުބޮޑު ފިލާވަޅެއް ދަސްކޮށދޭނެ ކަމަށް ބުނަމުންނެވެ.
އެމެރިކާގެ ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މިއީ އީރާނާއި ގުޅުންހުރި ޙަމަލާތަކެއްނަމަ ވަށައިގެން ތިބި އީރާނު ސަރުކާރަށް ތާއީދުކުރާ ގައުމުތަކާއި ޖަމާއަތްތަކުން މިއަށްވުރެން ނުރައްކާތެރި ޙަމަލާތައްވެސްއިސްރާއީލަށް އަމާޒު ކުރެވިދާނެކަން ގަބޫލޫކުރަން ޖެހޭ ކަމަށެވެ.
އަދި މިއީ އެމެރިކާއިން އީރާނާއި ދޭތެރޭ ގެންގުޅޭ ބަލިކަށި ސިޔާސަތުގެ ސަބަބުން ކުރިމަތިލާންޖެހޭ ޙަލަތުތަކެއް ކަމަށެވެ. އީރާނުން ފަަލަސްތީނުގެ ހަމާސް އަށާއި އިޒްބުﷲ އަށް ފޯރުކޮށްދެމުން ގެންދާ “ ވަކި އަމާޒެއް ނެތި ދަތުރުކުރާ “ މިސައިލް ތަކުގެ ފުނިވަރުތައް އެމެރިކާއަށް އެނގޭ އިރުވެސް މިތިބެވެނީ ދެއަތް އުރާލައިގެންނެވެ.
އެމެރިކާގެ މިވާހަކަތަކަށް އެގައުމުގެ ސެކިއުރިޓީ ކައުންސިލުން މިހާތަނަށްރަސްމީގޮތުން އެއްވެސް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް ރިޕަބްލިކަންގެ ޖިމް ހައިމްސް ދެކިވަޑައިގަންނަވާ ގޮތުގައި މިފެންވަރުގެ ޙަމަލާއެއް ދެނެގަނެވޭނެ އެތައް ގޮތަކާއި ވަސީލަތެއް ހުރިއިރު އިސްރާއީލުގެ ދިފާޢުފޫއަޅުވާލުމަކީ ހައިރާންވެ އަންތަރީސް ވާނެޖެހޭ ކަމެކެވެ.
އިސްރާއީލު ސިފައިންގެ ކުރީގެ ވަރަށް އިސް ބޭފުޅަކު ޕޮލިޓިކޯއަށް މިޙަމަލާތައް ސިފަކޮށް ދެއްވާފައިވަނީ އިސްރާއީލުގެ ސިފައިންނާއި އިންޓެލިޖެންސް ސަރވިސްގެ ނުކުޅެދުން ތެރިކަން ހުރި މިންވަރާއި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތަކަށްވެސް ތައްޔާރު ވެވިފައި ނެތް މިންވަރުގެ ގޮތުގައެވެ.
ސީ އައި އޭ އާއި އަދި ޕެންޓަގަންގެ ކުރީގެ އޮފިޝަލަކު ކަމުގައިވާ މައިކް މަލްރޯއި ވިދާޅުވެފައިވަނީ މިއީ ޙަމަލާދިނުމުގެ އުކުޅުތަކާއި ސައިބަރ ޙަރަކާތްތަކާއި އަދި ހަތިޔާރު ފުނިޖެއްސުމުގައި ހަމާސްއިން ގެންގުޅޭ ޙަރަކާތްތައް ދެނެގަތުން ފޭލިވެފައިވާ ކަމުގެ ވަރަށް ސާފު ހެއްކެއް ކަމަށެވެ.