އެމް.އެން.ޕީ އިން ޕީ.އެން.ސީ. ގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އާއި ދެވަނަ ރައުންޑްގައި ގުޅުނީ ލަދުގަންނަވަރުގެ ބަލިވުމަކުން އެޕާޓީ ރައްޔަތުން ގަބޫލު ނުކޮށް ބަލިކޮށްލުމަށް ފަހުގައެވެ. ރިޔާސީ ރޭހުގައި އެޕާޓީއަށް ލިބިފައިވަނީ 0.86% އެވެ. އެއީ 1879 ވޯޓެވެ.
ލަދުން އަވަދިވާވަރުގެ ދަށް ނަތީޖާއެކެވެ. އެހެނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމަކީ ކުރީގެ ޑިފެންސް މިނިސްޓަރއެވެ. އަދި ރައީސް ޔާމީނާ ޗެލެންޖް ކުރެއްވުމަށްފަހު އުފެއްދެވި ޕާޓީއެއްވެސް މެއެވެ. ދެން ތިއްބެވީވެސް ހަމަ އެހާމެ ފުންނާބު އުސްކަމަށް ވިދާޅުވި ބައެކެވެ.
މިސާލަކަށް ކުރީގެ ވާނުވާޖެހުމުގެ މާހިރު ސީ.ޕީ ރިޔާޒް އާއި އޭނާގެ ސްޕައި އެޖެންސީގެ ޕޮލިސްގެ ގިނަ ބޮޑުންނާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޏާ އާއި ކުރީގެ މިނިސްޓަރ ސިދާތާ އާއި އަދިވެސް އެހެނިހެން ޑިފެންސް ފޯސް ގެ ޖަނެރަލުންނެވެ.
ރައްޔަތުން މިފަދަ ބޮޑުތަނުން މި މީހުނަށް ނޫނެކޭ އެބުނީ ކީއްވެބާވައެވެ؟ މިއީ އެޕާޓީގެ ތެރޭގައި ކުރަމުން ގެންދާ ސުވާލެކެވެ. ނަމަވެސް އެ ޕާޓީގެ ފެއިލްވެފާވާ ލީޑަރޝިޕުން ޖަވާބު ލިބޭގޮތެއް ވެފައެއް ނެތެވެ.
ދެން ކުއްލިއަކަށް އިވިގެންދިޔައީ އެއްވެސް ޝަރުތަކާނުލައި ޕީއެންސީ ޕީޕީއެމްގެ ކެންޑިޑޭޓައި ގުޅުނުވާހަކައެވެ. ޝަރުތެއް ނެތެވެ!އެހެނަސް އެއްބަސްވުމެއް ގައި ސޮއިކޮށްފަވާ ކަމަށް އެޕާޓީގެ އިސް ފަރާތަކުން ވަނީ ބުނެފައެވެ. އެއްބަސްވުމެއް އޮތްކަން ކެންޑިޑޭޓްގެ ބަސްފުޅުންވެސް ވަނީ ހާމަވެފައެވެ.
ކެމްޕޭން ޓޯކެއްގައި ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވެފާވެއެވެ. “ އެބުނާ އެއްބަސްވުމެއްގައި އަޅުގަނޑެއް ސޮޔެއް ނުކުރަމެވެ. އޭގައި ސޮއިކުރެއްވީ ޕީއެންސީގެ ރައީސް އަބުދުއްރަޙީ“ އެވެ. ވީމާ އެއްބަސް ވުމެއް ހެދިފައިވާކަން ކަށަވަރުވީއެވެ.
އެ އެއްބަސްވުން ލީކްވެފައެއް މިއަދާހަމަޔަކަށް ނެތެވެ. އަދި ދެޕާޓީގެ ފަރާތުންވެސް އެ ޕާޓީތަކުގެ އާންމު މެމްބަރުނަށްވެސް އެބުނާ އެއްބަސްވުމުގެ ޓާމްސް ބުނެދީފައެއް ނުވެއެވެ. މާ ބޭނުންކަމެއްވެސް ނޫންތާއެވެ. ގުޅުނީ ޝަރުތަކާ ނުލާވިއްޔާއެވެ!
ސުވަލަކީ ޝަރުތަކާއި ނުލާ ގުޅުނު ސިޔާސީގޮތުން އެންމެ ނިކަމެތި ޕާޓީ އާއި އޭގެ ވެރީން މިހާރު އެކިއެކި މަގާމުތައް ބޭނުންވެގެން ކެންޑިޑޭޓްގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނީ ކީއްވެހެއްޔެވެ؟ އަދި ޑރ. މުޢިއްޒުގެ ސަރުކާރުން މަދުވެގެން 2 މިނިސްޓްރީ ޑިމާން ކުރަން ޖާގަ ހޯދީ ކިހިނެއް ހެއްޔެވެ؟
ޕީޕީއެމް ޕީއެންސީގެ ގްރާސްރޫޓް ހާޑްކޯ ސަޕޯޓަރުން ކިޔައިދިންގޮތުގައި މިއީ ދެރަވަރު ކަމެކެވެ. އެހެނީ ޕީޕީއެމް ޕީއެންސީ ކޯލިޝަން ނެތިކޮށްލުމަށާއި ކުރީގެ ރައީސް ޔާމީނު ޖަލައްލުމުން އުފާފާޅުކޮށް ވާހަކަ ދެއްކި މީހުން މިއަދު ބާޒުތަކެއް އަންނަހެން ފުންމާލައި މަގާމުތައް ޙައްގުވާ އަހަރެމެންގެ ހިތްވަރުގަދަ ކެރޭ ލީޑަރޝިޕް އާއި މެމްބަރުން ބާކީކޮށްލައި 0.86 % ލިބުނު ބަޔަކުގެ ޑިމާންޑް ބަލައެއް ނުގަނެވޭނެއެވެ.
ވިސްނާލަމާ ހެއްޔެވެ! ބޮޑުތިލަދުންމަތިންވެސް އެމް.އެން.ޑީ ޕާޓީއަށްވުރެ ހަބައި ގިނައިން ވޯޓްލިބުނެވެ. އެމީހުނަށް މަގާމުތައް މާ ޙައްގެއް ނޫންތޯއެވ؟ ނުވަތަ އެހެންވެސް ބައިބޯ އަތޮޅުތަކުގެ ތަޢުލީމީ މީހުނަށް އެފަދަ މަގާމުތައް މާ ޙައްގެވެ. އަސްލުވެސް ތެދެކެވެ. އިންސާފުވެރިކޮށް ޑރ. މުޢިއްޒުގެ ސަރުކާރު އެކުލަވާލަން ޖެހެނެއެވެ. އެއީ ވަޢުދެކެވެ.
ޝަރުތެއްނެތި ގުޅުނު މީހުން 2028 އަންނަންދެން ޕީޕީއެމް ޕީއެންސީ ކޯލިޝަން އަށް ޚިދުމަތްކޮށް ދެއްވައި އިތުބާރު ހޯއްދެވުން އެއީ އެންމެ އެދެވޭގޮތެވެ. މިދިޔަ 5 އަހަރު ބުރަމަސައްކަތް ކޮށް ރައީސް ޔާމީނު އާއި އެ ދެޕާޓީގެ ފަޚުރުވެރި މެމްބަރުންނަށް ޗާންސްދެއްވާށެވެ. އެނޫނީ ފެށުމުގައިވެސް ރައީސް ޑރ. މުޢިއްޒުއަށް އިންސާފުން އެއްކިބާ ވެވުނީއެވެ.
16 Responses
އަސްލުވެސް ބޮޑު ތިލަދުންމަތީ ސޭޓަށް މިނިސްޓަރުކަން ދީބަލަ. ކިތެއްހާސް ވޯޓް ލިބުނު. އިންސާފޭ ގޮވަނީ. މިހާރު ވޯޓްލީ ރަށުމީހާ އަށް ޝުކުރު އަދާކޮށްލާކަށްވެސް ވަގުތެއް ނެތް. ކުއްލިއަކަށް ފުންމާލި މީހުން މާ މަތިފަޑީގައި. އަނެއްކާ ތިބުނާހެން ރައީސް ޔާމީނަށް ޗެލެންޖްކޮށް ޕޕމ ޕނސ އަށް ހަޖު ޖެހި ބައިގަނޑެއް ކުއްލިއަކަށް މާ ބޮޑު ބައެއް. މިއީ ދިވެހި ސިޔާސަތުގެ މުޑުދާރު ފަރާތް.
ބޮޑު ތިލަދުންމަތީ ސޭޓަކީ ކާކުތަ؟ އެމީހަކު އެނގުނީމާ ތިޔަށް ޖަވާބެއް ދެވޭނީ.
ހުރިހާ ނުބަޔަކަށް މަގުފަހިކޮށްދެނީ އަމާ އަދުރޭ
ފުވައްމުލަކުން އެކަނި ވެސް 4000 ވޯޓް ލިބުނު އެވެސް ތިޔަ ޕާޓީ އަށް ވުރެ ދެ ގުނަ ގިނަ
ދެވަނަ ބުޜުގެ ކެމްޕޭނު ދަތުރުތަކުގައިވެސް މަތިންބައިން ޖެހިގެން ތިޔަ ނާޒިމަކާއި ރިޔާޒަކާއި ހުރީ ފަހަތުގައި ވިއްދާފައެވެ. ދުންޔާވެސް ފޮރިން މިނިސްޓަރކަން ހޯދަން މިހާރު ކިޔޭ ނުކުޔޭ ޢެއްޗެއް ނޭގެއެވެ. ޝަހީމުވެސް ސަޕޯޓްކުރަންވީ ޕާޓީއެއް ނޭގިގެންގޮސް ގުރުއަތުން ކޮންޕާޓީއަކަށްކަން އެގުނީ ގިނަމީހުން ތިބިގޮތް އެންމެންނަށްވެސް އެގުނުފަހުންނެވެ. ދެން މުއިޒަށް ޚޫސާމަދު ކުރަން އެފެށީ މުސްޔަގްބަލްވެސް މީނައަށް އެގޭ ކަމަށް ބުނަމުންނެވެ. ތިޔައީ ތިޔަ ދެޕާޓީ ޖައްސާ ފިތުނަ ފަސާދަ އުފައްދާ ވަޒީރުކަން ހޯދަން ފާޅުވި ނުރައްކާ ބައިގަނޑެކެވެ.
ނިޒާމުގެ ޕާޓީ ބައިވެރި ވުމަކީ ޕީޕީ އެމްގެ ޙައްގު ގައި މުހިއްމު ކަމެއް ނޫނެވެ. އަހަރެން އެކަން ބަލައި ނުގަންނާށެވެ.
ވާނުވާ އަބްދުﷲ ބޭނުންވަނީ ޕޮލިސް ކަމިޝްނަރުކަމޯ. އެކަމަކު އަދުރޭ އަންގަނީ އެކަން ހަދާން ނައްތާލަން. ތިޔަތަނުގައިތިބީ ހައްދުފަހަނަޅައެޅި ބައެކޭ ކިހިނެތްހޭ ގައުމުގެ އެންމެމަތީކަންކަން މިކަހަލަ ބަޔަކާއި ހަވާލުކުރެވޭނީ.
އަބަދުވެސް މިވާގޮތަކީ ގަދައަޅާ ތެދުވެރިކަމާއިއެކު ޖާނާއި މާލުން ގުރުބާންވާމީހުން މޮޅުވުމަށްފަހު ބަކީ ވާނީއެވެ. ދެން އެކިޔާ ބާޒުތައް ޖެއްސީމާ އެވަރެއް ނެތެވެ. ވަރަށް ދެރަކަމެކެވެ. މި ހަޑިގޮތްގަނދު ބަދަލުވާން އެބަޖެހެއެވެ. އެކަން ޑރ. މުއިއްޒުއަށް ކުރަން މި އުޅޭ މާބޫރުތައް ޗާންސް ދޭނެތޯއެވެ؟
ދުންޏާ އެއީ މިހާރު ޕީޕީއެމް މެންބަރެއް، ނާޒިމް، ރިޔާޒް އެއީ ޕާލަމެންޓް މެންބަރުން، ތިޔަ އުޅެނީ އޮޅިގެން، ނާޒިމާއި ރިޔާޒް މަގާމު ހޯދަން ޓަކި ނުޖަހާނެ، ތިޔައީ ޔާމީނު ގެ ގުރޫޕް ޖައްސާ ޑްރާމާ
ބާގީ ނާޒިމް އަދި ބާގީ ރިޔާޒްތީ މުއިޒްގެ ސަރުކާރު ވައްޓާލަން މީގެތެރެއަށް އައި ބައިގަޑެއް…. ރައީސް މުއިޒް މިކަމައްފުންކޮއް ވިސްނުން އެދެން….
ބަޔަކު ދައްކޮއްލަން ބޭނުންވިޔަސް ތިޔައީ ބޮޑުވަރު. ކަންކަމުގެ ހަޤީޤަތް ނުބަލާ މީހުންގެ ބޮލުގައި ތިޔަކަހަލަ އިލްޒާމް އެޅުވުމަކީ ހަމަ އެންމެ ރަނގަޅު ގޮތްބާ ؟ ރިޔާޒަކީ ހަމަގައިމުވެސް ވާނުވާ ނޭގޭ ބޭފުޅެއްނޫން.
Gadawalhaa masakkaiy kuri meehunnah evves kameh nethee dhw
ތިޔަ ދެކެވެނީ އެހެން ޕާޓީ އެއްކަން އެނގޭ ހާލު އެކުގައި ގެންދިއަ ބައެްގެ ވާހަކައެވެ. އެހެނަސް ގަދަ އަޅާ އިބޫ ހޮވަން ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ފެއިލް ވުމުން، ތިމަންނާމެން މިތިބީ ރަނގަޅަށޭ ކިޔައި ވަޒީފާތައް ހިމާޔަތް ކުރުމަށް ވެސް ބައެއް މީހުން އެބައުޅޭ. އަދި ހޮވުނު ސަރުކާރު ތެރެއިން އެމީހުނަށް އުއްމީދު ބޮޑުކަމަށް ވެސް ބުނަމުން ދަނީ. މިކަންކަމަކީ އެކުގައި ނިކުމެ މަސައްކަތްކުރި ގިނަ މީހުން ބަލައިގަންނާނެ ކަމެއްނޫން.
އަހަންނަށް އެގޭ އޭރުވެސް މިހާރުވެސް ކޮންމެސް ބޮޑު އަމިއްލަ އެދުމެއްގައި ނޫނީ ބޮޑުސިންގާ ފޭއްޔެއް ބޮލުގައި އަޅައިގެން ޝަރުތެއްނެތިއޭކިޔައިގެންވެސް ނާންނާނެކަން….! މިމީހުން ރައްޔިތުން ބަލައިނުގަތީމަވެސް ހަމަލަދުގެ ކަންފުޅެއްވެސް ހުރިނަމަ ބޮޑެތިމަޤާމްތަކަށް ޑިމާންޑެއް ނުކުރީސް.😡 ޤަބޫލުކުރަން ޑރ.މުއިއްޒު މިމީހުންނަކީ ކޮންބައެއްކަން ދަންނާނެކަން.
ިއާއްމު ނިކަތިން ގުރުބާން ވެގެން ކޮއްމެ ވެރިކމެއް ވެސްގެންނަނީ އެކަމަކު ވެރިކމައް އާދެވުނީމާ އެއްކަލަ ގުރުބާވި ނިކަމެތިރައްޔތުން ބާކީވަނީ އަޅުގަޑުމެން ރެޔާދުވާލު ނުކާނުބޮއި ގުރުބާން ވެގެން ގެނާސަރުކާރެއް މީވެސް އެކަމަކު އަޅުގަޑުމެން ރައްޔިތުން ބާކީކޮއްލާނީ އަޅުގަޑުމެންގެ ދަރިއަކައްވެސް ދޭނެވަޒީފާ ގޑެއްވެސްނޮއޮއްނާނެ މީކަންވާނެގޮތަކީ އަޅގޑުމެން ވޯޓު ދިނީ ރައީސުޔާމީނުގެ ހައްގުގާ
Evves party akah evves maqaameh dheyne kameh neh