އ. ދ. ގެ އާންމު ޖަލްސާގައި ނަތަންޔާހޫއަށް ދޫ އޮޅިއްޖެ

Loading

Facebook
Twitter
WhatsApp


އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫއަކީ އީރާނަށް އެކި ފާޑު ފާޑުގެ އިންޒާރު ދިނުމަށް  އާންމު ގޮތެއްގައި އ. ދ. ގެ ޕްލެޓްފޯމް ތަކުގެ ބޭނުންކުރައްވާ ބޭފުޅެކެވެ.

ސަބަބުތަކެއްވެސް އޮވެގެންނެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނަހަލާލު ދަރިއަކަށްވީތީއެވެ. ކޮންމެ ވާހައެއް ދެއްކެވިޔަސް ކުށްވެރި ނުވާނެކަން އެނގޭތީއެވެ. 

މި ފަހަރު އ. ދ. ގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އީރާނާއި ދެކޮޅަށް ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރައްވާފާނެ ކަމުގެ އިންޒާރުވެސް ދެއްވުނީއެވެ. 

ކޮންތާކު ހުރި ނިއުކްލިއަރ ހަތިޔާރެއްކަން ވިދާޅުނުވެވެނީސް އެއީ ދޫފުޅު އޮޅިގެން ވިދާޅުވެވުނު ބަސްފުޅެއްކަމުގައި އެމަނިކުފާނުގެ އޮފީހުން އަވަސް އަވަހަށް ތަރުޖަމާކޮށް ދީފިއެވެ.                                                           

“ އަހަރެންނަކީ އިސްރާއީލުގެ ބޮޑުވަޒީރެވެ. އަހަރެން މި މަގާމުގައި ހުރިހާ ދުވަހަކު އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދާކަށް ލާހިކެއްނޫނެވެ. އޭގެ ކުރިން އީރާނަށް ޖެހޭނީ އިސްރާއީލުގެ ނިއުކްލިއަރ ހަތިޔާރުގެ އަމާޒަކަށް ވާށެވެ. “ އ. ދ. ގެ އާންމު ޖަލްސާގައި ބޮޑުވަޒީރު ނަތަންޔާހޫ އިއުލާން ކުރެއްވިއެވެ.          

އެމެރިކާގެ އިންޓަރނޭޝަނަލް ސިޔާސަތު ދެނެވަޑައިގަންނަވާ ރިޗަރޑް ގޮވާން ބުނެފައިވަނީ ބައެއް ބޮޑެތި ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވާއިރު ބައެއް ބޭފުޅުން ބައެއްފަހަރު “ ދޫއޮޅުމަކީ “ ފެންނަމުން ދާ މަންޒަރެކެވެ. 

މިފަހަރުގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންވެސް އެމެރިކާގެ ރައީސް ވިދާޅުވަން ބޭނުންފުޅުވި ވާހަކަ އޮޅިގެން ނަތަންޔާހޫ އަށް އެހެން ގޮތަކަށް ވިދާޅުވެވުނެވެ.                                               

ނަތަންޔާހޫގެ ވާހަކަފުޅުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވީ އިސްރާއީލާއި އަރަބި ގައުމުތައް ތިބީ އީރާނާއި ދެކޮޅަށް އަތުގުޅާލައިގެން ކަމަށެވެ. އަދި ސަޢޫދީ އެރޭބިޔާއާއިއެކު ދެކެވެމުންދާ ސުލްޙައިގެ ވާހަކަތައް ވެސް ކާމިޔާބީއާއި އެކު ނިމުމަކާއި ކައިރިއަށް ގޮސް ފައިވާ ކަމަށެވެ.                                      

އ. ދ. ގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ރައީސްމަޙްމޫދު އައްބާސް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ވަކި ދައުލަތެއް ނެތި ސުލްޙަގާއިމް ނުކުރެވޭނެ ކަމަށެވެ. އައްބާސްގެ މި ވާހަކަފުޅަށް ރައްދު ދެއްވައި ނަތަންޔާހޫ ވިދާޅުވީ މަޙްމޫދު އައްބާސަކީ ގޮތްކިޔޭވަރުގެ ބޭފުޅެއް ނޫންކަމަށެވެ. އެބޭފުޅާއަށް އެންމެ ފައިދާކުރާނީ އަހަރެމެން ބުނާގޮތަކަށް އުޅުއްވިއްޔާއެވެ.                                      

ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރިސާރޗް އިންސްޓިޓިއުޓުންހާމަކޮށްފައިވާ ގޮތުގައި މިހާރުވެސް އިސްރާއީލުގައި 90 ނިއުކްލިއަރ ވޯރހެޑް ބައިވަރު އެބަހުއްޓެވެ. އެކަމާއި ކަންބޮޑުވެގެން އެމެރިކާއިންވެސް ނުވަތަ ނޭޓޯއިންވެސް ނޫޅެއެވެ.                                        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް