ޗައިނާގެ ދިފާއީ ވަޒީރު މަގާމުން ދުރުކޮށް ތަޙްގީގަށް ފޮރުވައިފި – އެމެރިކާ

Loading

September 18, 2023
profile
Facebook
Twitter
WhatsApp

ފައިނޭންޝަލް ޓައިމްސް އަށް ޙަވާލާދީ ބުލޫމްބާރގް ނިއުސް އިން ޚަބަރު ދީފައިވާގޮތުގައި ޗައިނާގެ ދިފާއީވަޒީރު ލީ ޝަންގްފޫ މިވަގުތު ހުންނެވީ ތަޙުގީގަށްޓަކައި މަގާމުން ދުރުކުރައްވާފައި ކަމަށް އެމެރިކާއިން ބުނެފިއެވެ.

މިއީ ރައީސް ޝީ ޖިންފިންގް ގެ ތިންވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މެދުވެރިވެފައިވާ މިފަދަ ތިންވަނަ ޙާދިސާއެވެ. އެހެންނަމަވެސް މިކަމާއި ބެހޭގޮތުން ޗައިނާގެ ޚާރިޖިއްޔާއިން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.                                                       

ޗައިނާގެ ދިފާޢީ ވަޒީރާއި ގުޅުންހުރި ވާހަކަތަކެއް ބައިނަލް އަގްވާމީ މީޑިއާގައި ފެތުރެމުން ދަނިކޮށް ޗައިނީސް ލިބަރޭޝަން އާރމީ އެކުވެރިކަމާއިއެކު އެކަތިގަނޑަކަށް ވެގެން ތިބުމަށް ރައީސް ޝީ އިލްތިމާސް ކުރެއްވީ މިދިޔަ ހަފްތާގައެވެ.

މިއަހަރު ޖުލައިން ފެށިގެން ޗައިނާގެ މިލިޓްރީން ގެންދަނީ 2017 އޮކްޓޯބަރުން ފެށިގެން މިލިޓްރީގެ ބޭނުމަށް ހޯދާފައިވާ ހާޑްވެއަރ ސާމާނު ތަކެއް ހޯދުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ޝައްކުކޮށް ތަޙުގީގު ކުރަމުންނެވެ. 2017 އިން 2022 އަށް އެ ޑިޕާރޓްމެންޓް ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވީ މިހާރުގެ ދިފާއީ ވަޒީރު ލީ އެވެ.  

އެހެންނަމަވެސް މި ކޮރަޕްޝަންގައި އެމަނިކުފާނުގެ ބައިވެރިވުން ހިމެނޭކަން ޗައިނާސަރުކާރުން ބުނެފައެއް ނުވެއެވެ.                                                  

ދިފާއީ ވަޒީރު ލީ ނުފެންނަ މައްސަލާގައި ދާދިފަހުން ޗައިނާގެ އަސްކަރިއްޔާގެ ބައެއް އިސް މަގާމުތަކަށް އެމަނިކުފާނު އަޅުއްވާ ފައިވާ ބައެއް ފިޔަވަޅުތަކާއިބެހޭގޮތުން އިނގިލި ދިމާކުރެވެއެވެ. 

އޭގެތެރޭގައި ޗައިނާގެ ނިއުކްލިއަރ ހަތިޔާރު ބެލެހެއްޓުން ޙަވާލު ކުރެވިފައިވާ ވަރަށް އިސް ދެ ޖެނެރަލް އަކު އެއްވެސް ތަފްސީލެއް ދިނުމަކާ ނުލައި މަގާމުން އެކަހެރިކުރުން ހިމެނެއެވެ. އަދި އެއީ ޗައިނާގެ ޚާރިޖީ ވަޒީރުކަމުގައި ހަމައެކަނި ހަތްމަސްދުވަސްވީ ކިންގޭންގް މަގާމުން ދުރުކުރެވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.                   

ޖަޕާނުގައި ހުންނަވާ އެމެރިކާގެ ސަފީރު ރަހްމް އިމެނުއަލް އެކްސް ގައި ވިދާޅުވެފައިވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާރޓީގެ އިސްބޭފުޅުން ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ. އެހެންނަމަވެސް މިކަމާއި ބެހޭގޮތުން ޗައިނާގެ ޚާރިޖިއްޔާގެ ސްޕޯކްސް ވުމަން ވިދާޅުވީ “ ތިމަން ކަމަނާއަކަށް ތިޔަ ކަމެއް ނޭންގޭ “ ކަމަށެވެ.            

ދިފާއީ ވަޒީރު ލީ އެންމެފަހުން ފެނިފައިވަނީ 3 ވަނަ ޗައިނާ-އެފްރިކާގެ ސަލާމަތީ ބައްދަލުވުމުގައި އޯގަސްޓް 29 ވަނަ ދުވަހު ބެއިޖިންގް ގައެވެ. އަދި އޯގަސްޓް މަހުގެ މެދުތެރޭގައި އެމަނިކުފާނު ރަޝިޔާއަށާއި ބެލެރޫސް އަށް ދަތުރުފުޅެއް ކުރެއްވިއެވެ. 

އެދަތުރުފުޅުގައި ރަޝިޔާގައި ބޭއްވުނު ސަލާމަތީ ކޮންފަރެންސެއްގައި ރަޝިޔާއާއި ޗައިނާގެ ގުޅުމަށް ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. މިދިޔަ ހަފްތާގައި ބޭއްވުނު ވިއެޓްނަމީޒް ޑިފެންސް ލީޑަރުންގެ ބައްދަލުވުމުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް ފަހު ވަގުތުގައި އެ ދަތުރުފުޅުވެސް ވަނީ ކެންސަލް ކުރައްވާފައެވެ. 

ބެއިޖިންގް އިން ބުނަފައިވަނީ އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ހުރިގޮތުން އެ ދަތުރުފުޅު ކެންސަލްކުރައްވަން ޖެހިވަޑައިގަތީ ކަމަށެވެ. ގައުމުތަކުގެ ޚާރިޖީ ވަޒީރުން ފަދައިން ދިފާއީ ވަޒީރުންނަކީ އާންމުކޮށް ފެންނަ ބައެއް ނޫނެވެ.                    

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް