ބޯޅަ އޮތީ ޑިމޮކްރެޓްސްގެ ކޯޓުގައި: މުޢިއްޒު

Loading

September 13, 2023
profile
Facebook
Twitter
WhatsApp

ދަޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން ދާކަމަށާއި އެކަމުގައި ގޮތް ނިންމުމަށް “ ބޯޅަ އޮތީ އެޕާޓީގެ ކޯޓުގައި“ ކަމަށް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ދަޑިމޮކްރެޓްސް ވަކި ގޮތެއް ނިންމާފައި ނުވެއެވެ. ޕީޕީއެމް ޕީއެންސީއާއި އެކު މަޝްވަރާތައް ބާއްވާފައިވާއިރު ބޮޑެތި ޝަރުތުތަކެއް ހުށަހަޅާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެމްއެންޕީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު“ ޑިމޮކްރެޓްސް“  ގެ މަޝްވަރާތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުޢިއްޒު ވިދާޅުވީ “ ދަބޯލް އިޒް އިން ދެއާ ކޯޓް “ ކަމަށެވެ.

މުޢިއްޒު ވިދާޅުވީ މަސައްކަތް ކުރަނީ ”ދިވެހިންގެ ރާއްޖެ “ އެއް ހޯދުމަށް ކަމަށާއި އެމަސައްކަތުގައި ބައިވެރިވާން ބޭނުންވާ ކޮންންމެ ފަރާތަކަށްވެސް ދަޢުވަތު ވަނީ ހުޅުވާލާފައި ކަމަށެވެ.

ޕީއެންސީގެ ރައީސް ޢަބުދުއްރަހީމް ވިދާޅުވީ ޑިމޮކްރެޓްސް އާއެކު މަޝްވަރާކުރަމުން ދާއިރު އެޕާޓީން ހުށަހަޅާފައިވާ ޝަރުތުތަކުގެ ވާހަކަ މިވަގުތު ދައްކަން ބޭނުން ނުވާކަމަށެވެ. އޭނާ ވިދާޅުވީ ޑިމޮކްރެޓްސް އާއެކު އެއްބަސް ވުމަކަށް އަދި އާދެވިފައި ނެތްނަމަވެސް އެކަން ވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޢަބުދުއްރަޙީމު އިތުރަށް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ލީޑަރު ޔާމީން ލަފާދެއްވާފައިވަނީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކާ މަސައްކަތް ކުރަންތިބި ކޮންމެބަޔަކާއެކު ވެސް ކޯލިޝަންހެދުމަށް ކަމަށެވެ.

އެލަފާގެ މަތީން އެކިޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށް ދާކަން ޢަބުދުއްރަހީމް ފާހަގަ ކުރެއްވިއެވެ.

އެމްއެންޕީ އާއި އެކު ޕީޕީއެމް ޕީއެންސީ އެއްބަސްވުން ހަދާފައިވާއިރު ޑިމޮކްރެޓްސްގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދި އަމިއްލަގޮތުން ވާދަކުރެއްވީ އަޙުމަދު ފާރިޝް މައުމޫނާ ވެސް ދަނީ މަޝްވަރާކުރެވެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް