އިޓަލީ ޓީމުގެ ކުރީގެ މެނޭޖަރުގެ މަގާމު އަދާކޮށްފައިވާ، ރޮބަރޓޯ މަންޗީނީ، ސައުދީ އަރަބިއާގެ ގައުމީ ޓީމުކަމުގެ ކޯޗުކަމާ މިހާރު ހަވާލުވެފައިވާކަމަށް އަންސާ ނިއުސް އޭޖެންސީއިން އާދީއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ.
އޭނާގެ އައު މަގާމާއި ހަވާލުވުމަށްފަހު ތައާރަފުކުރުމަށް ބާއްވާ ފުރަތަމަ ހަފްލާގައި ބައިވެރިވުމަށް މަންޗީނީ ރިޔާޟަށް ފުރުމަށް ހަމަޖެހިފައިވަނީ ހޯމަދުވަހުގައެވެ.
އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މަންޗީނީ ސޮއިކުރާނީ 2027 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގެ ދަށުން އަހަރަކު 25 މިލިއަން ޔޫރޯ ނުވަތަ 27 މިލިއަން އެމެރިކާ ޑޮލަރު ލިބޭއިރު، ސެޕްޓެމްބަރު 8 ވަނަ ދުވަހު ކޯސްޓަ ރީކާއާ ދެކޮޅަށް ކުޅޭ މެޗުން އޭނާ ފެނިގެންދާނެއެވެ.