ސައުދީ ބޯޑަރު ބަލަހައްޓާ ސިފައިންވަނީ އެތައް ސަތޭކަ އިތިއޯޕިއާ ހިޖުރަވެރިން މަރާލާފައި: ހިއުމަން ރައިޓްސް ވޮޗް

Loading

Facebook
Twitter
WhatsApp

ޔަމަނު މަގުން ގަލްފުގެ ސައުދީ އަރަބިއާއަށް އެތެރެވުމަށްޓަކައި މިދިޔަ އަހަރު އެގައުމުގެ ބޯޑަރު ހުރަސްކުރުމަށް މަސައްކަތްކުރި އިތިއޯޕިއާއަށް ނިސްބަތްވާ އެތައް ސަތޭކަ ހިޖުރަވެރީންގެ ގަޔަށް، ސައުދީ ސިފައިން ”ވާރޭ ފަދައިން“ ވަޒަން އަރުވައި މަރާލާފައިވާކަމަށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ، ހިއުމަން ރައިޓްސް ވޮޗްއިން ހޯމަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

ސައުދީ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު މި ވާހަކައަކީ ”އެއްވެސް ހަޤީޤަތެއް ނެތް“ ވާހަކައެއްކަމަށް ވިދާޅުވެފައިވާއިރު މިފަދަ ޚަބަރަކީ ހޯން އޮފް އެފްރިކާއާއި ސައުދީ އަރަބިއާއާއި ގުޅުވައިދޭ ވާދީގައި އަނިޔާވެރިކަން އިތުރުވެފައިވާކަން ހާމަވާ ކަމެކެވެ. މިއީ އެތައް ހާސް އިތިއޯޕިއާ ރައްޔިތުން ވަޒަންވެރިވެ ދިރިއުޅޭ އަދި މަސައްކަތްކުރާ ސަރަހައްދެކެވެ.

އިތިއޯޕިއާގެ އޮރޯމިއާ އަވަށަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އަންހެނަކު ހިއުމަން ރައިޓްސް ވޮޗްއަށް ކިޔައިދީފައިވާ ގޮތުގައި، ސައުދީ ބޯޑަރު ބަލަހައްޓާ ސިފައިންގެ ބެލުމުގެ ދަށުގައި ތިބި އިތިއޯޕިއާގެ ހިޖުރަވެރިންގެ ގްރޫޕެއް ހައްޔަރުން ދޫކޮށްލުމަށްފަހު އެމީހުންގެ ގަޔަށް ބަޑިޖަހައި ވަނީ މަރާލާފައެވެ.

”އަހަރެންނަށް އެ މަންޒަރު ހިތައް ގެނެޔަސް ރޮވޭ. އެމީހުން އަހަރެމެންގެ ގަޔަށް ވަޒަން ފޮނުވާލީ ވާރޭ ފަދައިން.“ އޭނާ ކިޔައިދިނެވެ.

”ފިރިހެނަކު އެހީއަށް އެދި ގޮވާތީ އަހަރެން އަޑުއެހިން. އޭނާގެ ދެފައެއް ނެތް. އޭނާ ހަޅޭއްލަވައި ގޮވަމުން ދިޔައީ، ”އަހަރެން ދޫކޮށް ދަނީހޭ. އަހަރެން ދޫކޮށް ނުދާށޭ.“ އެކަމަކު، އަހަރެމެން ކިހިނެއް އޭނައަށް އެހީވާން މަޑުކުރާނީ. އެންމެ ދުވަމުން ދިޔައީ މަރަށް ފުރާނައަށް.“ އެ އަންހެން މީހާ ކިޔައިދިން ކަމަށްވެއެވެ.

https://www.hrw.org/news/2023/08/21/saudi-arabia-mass-killings-migrants-yemen-border

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް