މަސްކަތުގެ މައިދާނަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ކުރާ ތަދުބީރީ މަސައްކަތެއްގެ ގޮތުން، ”ރެކޮގްނައިޒްޑް އެމްޕްލޯޔަރ ޕައިލެޓް“ގެ ނަމުގައި ސެޕްޓެމްބަރު މަހު އައު ޕްރޮގްރާމެއް ތައާރަފުކުރުމަށް ކެނެޑާގެ ސަރުކާރުން ތައްޔާރުވެފައިވާކަން ހާމަކޮށްފިއެވެ.
މި މަސައްކަތަކީ ކެނެޑާ ސަރުކާރުގެ ”ޓެމްޕަރަރީ ފޮރިން ވަރކާ ޕްރޮގްރާމް (ޓީއެފްޑަބްލިއުޕީ) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އަދި ގަބޫލުކުރެވޭގޮތުގައި ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާއަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލުތަކަށް ހެޔޮ ބަދަލެއް ގެނެސް، އިދާރީގޮތުން ކުރިމަތިލާންޖެހޭ ދަތިތަކާއި، އަންނަ ހުރަސްތަކަށް މި ޕްރޮގްރާމް ތައާރަފުވުމާއެކު ލުޔެއް ލިބިގެން ދާނެއެވެ.
ސެޕްޓެމްބަރު މަހު ތައާރަފުކުރެވޭ ރެކޮގްނައިޒްޑް އެމްޕްލޯޔަރ ޕައިލެޓް ޕްރޮގްރާމާއެކު ކެނެޑާއަށް ދިމާވެފައިވާ މަސައްކަތްތެރިންގެ މަދުވުމުގެ މައްސަލަ ހައްލުކުރެވި، ކެނެޑާގެ މަސައްކަތްތެރިކަމުގެ ދާއިރާ ފުޅާކޮށް ކުރިއެރުމަށް އައު ބާރެއް ލިބޭނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.