ސައުދީ އަރަބިއާގައި ކޯޓު މަރުޙަލާތަކާއި ކުރިމަތިލާ އަރަބި ބަސް ނުދަންނަ ފަރާތްތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފުކޮށް އެގައުމުގެ މިނިސްޓަރީ އޮފް ޖަސްޓިސްއިން އެކަން އިއުލާނުކޮށްފިއެވެ.
މިގޮތުން، ޖަސްޓިސް މިނިސްޓްރީއިން ތައާރަފުކޮށްފައިވަނީ ޔުނިފައިޑް ޓްރާންސްލޭޝަން ސެންޓަރުގެ އޮންލައިން ވިއުގަ، ”ނަޖިޒް.އެސްއޭ“ މެދުވެރިކޮށް ތަރުޖަމާނަކަށް އެދުމުގެ ޚިދުމަތެވެ.
މި ޚިދުމަތް ތައާރަފު ކުރުމުގެ އަމާޒަކީ މާދަރީ ބަހުގެ ގޮތުގައި އަރަބި ބަސް ނުވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ މިނިސްޓްރީއިން ބުނެފައިވާއިރު، ޚިދުމަތަށް އެދުމަށް ކުރަންޖެހޭ ކަންކަން ވެސް ވަނީ ކިޔައިދީފައެވެ.
އެގޮތުން، ޚިދުމަތަށް އެދުމަށް ބޭނުންވާ ފަރާތްތަކުން ނަޖިޒް.އެސްއޭ އަށް ލޮގިން ވެލެއްވުމަށްފަހު، ”ސްޓޭޓްމަންޓް އޮފް ކްލެއިމް“ ޚިޔާރުކުރަން ޖެހޭނެއެވެ. އަދި ބޭނުންވާ މައުލޫމާތު ފުރާލުމަށްފަހު، އެދޭ ބަސް ޚިޔާރުކުރަންޖެހޭނެއެވެ. ދެން އިތުރަށް ބޭނުންވާ މައުލޫމާތު ފުރާލުމަށްފަހު، އެޕްލިކޭޝަން ސަބްމިޓްކޮށްލެވޭނެއެވެ.
Non-Arabic-speaking litigants can request an interpreter for their court sessions. Explore more here… pic.twitter.com/R8UcdgDDDl
— Saudi Ministry of Justice (@MojKsa_EN) August 16, 2023