ސައުދީ އަރަބިއާގައި 2022 ވަނަ އަހަރު 350،000 ވަރި

Loading

Facebook
Twitter
WhatsApp

2022 ވަނަ އަހަރު ސައުދީ އަރަބިއާގައި ރިކޯޑުކުރެވުނު ވަރީގެ އަދަދު 350،000 އަށް އަރާފައިވާކަމަށް އެގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސްޓެޓިސްޓިކްސް އިން ޝާއިއުކޮށް ނެރުނު 2022 ވަނަ އަހަރުގެ ”ސައުދީ ވިމެންސް ރިޕޯޓު“ ން ހާމަވެއްޖެއެވެ.

އެ ރިޕޯޓުގައި ލިޔެފައިވާގޮތުގައި، އެންމެ ގިނަ ވަރި ރިކޯޑުކުރެވިފައިވަނީ 30 އަހަރާއި 34 އަހަރާއި ދެމެދުގެ އުމުރުފުރާގެ ބައިވެރިންގެ މެދުގައެވެ. އަދި މި އުމުރުގެ 54،000 އަންހެނުން ވަރިވެފައިވެއެވެ.

އެހެންނަމަވެސް، ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް ގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި އެގައުމުގައި 2020 ވަނަ އަހަރު ކުރެވުނު ކައިވެނީގެ ޖުމްލަ އަދަދު އުޅެނީ 150،117 ގައެވެ. އެއީ 2019 ވަނަ އަހަރުގެ މިއަދަދަށްވުރެ 8.9 އިންސައްތަ ކުރިއެރުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް