ފީފާ ވިމެންސް ވޯލްޑް ކަޕް 2023: އެނގެންޖެހޭ ކަންކަން

Loading

Facebook
Twitter
WhatsApp

ފީފާ ވިމެންސް ވޯލްޑް ކަޕްގެ ނުވަވަނަ މުބާރާތާ ބެހޭގޮތުން އެނގެނީ ކޮންކަމެއް ހެއްޔެވެ؟

2023 ވަނަ އަހަރު ބޭއްވޭ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ މެޗުތަށް ކުރިއަށްދާނީ ޖުލައި 20 ވަނަ ދުވަހާއި އޮގަސްޓް 20 ވަނަ ދުވަހާއި ދެމެދުގެ މުއްދަތުގައި އޮސްޓްރޭލީއާ އަދި ނިއުޒީލެންޑްގައެވެ.

މިފަހަރުގެ މުބާރާތް ހޯސްޓްކުރަނީ އޮސްޓްރޭލިއާ އަދި ނިއުޒިލެންޑް، މި ދެގައުމުންނެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ކޮން ގްރޫޕްތަކަކުންކަން އެނގޭ ހެއްޔެވެ.

މިފަހަރުވެސް ވަރަށް ޝައުގުވެރިކުރުވަނިވި ގައުމުތަކެއް ގްރޫޕްކުރެވިފައިވާއިރު، 2019 ވަނަ އަހަރު އޮތް ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ވާދަކުރި އެމެރިކާ ނެދަރލެންޑްސްއާ ބައްދަލުކުރާނެ އެވެ. އެމެރިކާއަކީ 4 ފަހަރު މި މުބާރާތުގެ ތަށި އުފުލާފައިވާ ގައުމެއްކަމުގައި ވީއިރު، ނެދަރލެންޑްސްއަކީ ދުނިޔޭގެ ރޭންކުން 9 ވަނައިގައި ފާހަގަކުރެވޭ ގައުމެކެވެ.

ފްރާންސާއި، ބްރެޒިލް ބައްދަލުކުރާ މެޗަކީވެސް ބެލުންތެރިން ވަރަށް އިންތިޒާރުކުރާ މެޗެކެވެ. އެގޮތުން ފްރާންސަކީ ދުނިޔޭގެ ފަސްވަނައިގައި ފާހަގަކުރެވޭ ގައުމެއްކަމަށް ވީއިރު، ބްރެޒިލްއަކީ ސައުތު އެމެރިކާގެ އެންމެ މޮޅު ޓީމު އޮތް ގައުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް