ޓްވިޓާގެ ނަން “އެކްސް” އަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފި

Loading

Facebook
Twitter
WhatsApp

ޓްވިޓާގެ ވެރިޔާ، އީލޮން މަސްކް ވަރަށް ކުއްލިގޮތަކަށް ޓްވިޓާގެ ނަން “އެކްސް” ގެ ނަމަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފިއެވެ. އަދި ޓްވިޓާގެ ހަޔާތުގެ އެންމެ އުސްއަލިތަކުގެ ތެރޭގައި ހިމެނުނު ދޫނި ލޯގޯވެސް މިހާރުވަނީ އިނގިރޭސި “އެކްސް” އަކުރުގެ ލޯގޯއަކަށް ބަދަލުކޮށްފައެވެ.

މަސްކް ޓްވިޓާއަށް ގެންނަން ގަސްދުކުރާ ބަދަލުތަކުގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ އާދީއްތަ ދުވަހު އޭނާ ކުރި ޓްވީޓްތަކެއްގައެވެ. އެހެންނަމަވެސް އެމެރިކާ ގަޑިން ހެނދުނުގަޑީގައި އޭނާ ކުރި ޓްވީޓެއްގައި “އެކްސް.ކޮމް” އިން ޓްވިޓާގެ ސައިޓް ހުޅުވޭނެކަން ވަނީ ހާމަކޮށްފައެވެ.

“އެކްސް ގެ ވަގުތީ ލޯގޯ މިއަދު ލައިވް ކުރެވޭނެ.” އީލޮން މަސްކް ލިޔެފައިވެއެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއްފަހުން ޓްވިޓާ ހެޑްކުއާޓަރު، ޓްވިޓާގެ މައި އޮފީހުގައި ބޮޑު އެކްސްއެއް ދިއްލާފައި ހުންނަ މަންޒަރު މަސްކްވަނީ ހިއްސާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް