ކޮންމެވެސް ސިޔާސީޕާޓީއެއްގެ ފަހަތަށް ނައަރާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭވަރުގެ ކެޕޭސިޓީ ހުރިސިޔާސީ ޕާޓީއެއް އަދި ރާއްޖެއަށް އުފަންވެފައެއް ނެތެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންނަށް އެހާ މަގުބޫލު ސިޔާސީ ޝަޚުޞިއްޔަތެއް ވެސް ފެންނާކަށް ނެތެވެ.
ރާއްޖޭގައި މިވަގުތު ފެންނާން އޮތް އެންމެ ބިޔަ ސިޔާސީ ދެ ޕާޓީއަކީ އެމްޑީޕީއާއި ޕީޕީއެމް ކަމުގައި ވީ ނަމަވެސް ”ދަ ޑިމޮކްރެޓްސް“ ރަސްމީކޮށް ރަޖިސްޓްރީވާ ހިސާބުން މިދެންނެވި ދެޕާޓީގެ މެންބަރުން މަދުވެ ރާއްޖޭގައި އޮތް އެންމެ މީހުން ގިނަ ޕާޓީއަކީ “ ދަ ޑިމޮކްރެޓްސް“ ކަމުގައި ވެގެންދާ މަންޒަރު ފެނިގެންދާނެ ކަމަށް ބައެއް ސިޔާސީ މުފައްކިރުން އިއްތިފާގުވެ ލައްވައެވެ.
ޕީޕީއެމް ޕީއެންސީއިން އަދި ރިޔާސީ ކެންޑިޑޭޓަކު ނުދައްކާއިރު އެ ދެ ޕާޓީން ނެރޭނެ ކަމަށް އެ ބުނާ ކެންޑިޑޭޓު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޗާންސެއް ނެތެވެ.
ޕީޕީއެމް ޕީއެންސީއަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އޮތް ހަމައެކަނި ޗޮއިސް އަކީ ޑރ.މުޙައްމަދު މުއިއްޒު ކަމަށް ޕީޕީއެމްއަށް ތާއިދުކުރާ ބައެއް ސިޔާސީ ބޭފުޅުން ބުނުއްވައެވެ. ޕީޕީއެމަށް ޗާންސް ބޮޑީވެސް މުޢިއްޒަށް ފުރުޞަތުދީގެން ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެ ދެޕާޓީއިން ނެރޭނެކަމަށް އެބުނާ ޔާމީނު ޢަބްދުލްޤައްޔޫމް އަދިވެސް ވަނީ ޖަލުގައެވެ. އަދި އެމަނިކުފާނަށް ފުރުޞަތު ނުލިބޭނެކަމަށް ވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ޕީޕީއެމް އަށް ރިޔާސީ އިންތިޚާބުގައި ސިޔާސީ އެހެން ޕާޓީއެއްގެ ފަހަތަށް ނާރާ ލިބޭނެ އެއްވެސް މޮޅެއް ނެތްއިރު އަދި އެވަރުގެ މަގުބޫލު ސިޔާސީ ލީޑަރަކު ވެސް އެ ޕާޓީއަށް ދެއްކިފައެއް ނުވެއެވެ.
ޢަބްދުއްރަޙީމް (އަދުރޭ) ޖައްސަވާ ހިސާބަށް ޕީޕީއެމް ބަރޯސާވެ ސިޔާސީ ޕާޓީއެއްގެ ފަހަތަށް ނާރާ އަދި މުޢިއްޒު އެ ޕާޓީގެ ރިޔާސީ ޓިކެޓް ނުދީފިނަމަ ކަށިކެޔޮގަނޑުގެ ުފުލުވައް ލުހިގެންގޮސް މުޅި ކަށިކެޔޮގަނޑު އޮންނާނީ ރޫޅިފައެވެ. އަދުރޭގެ ހިސާބަށް ބަރޯސާވެއްޖެނަމަ މުޅި ޕާޓީގެ ސިޔާސީ ހަޔާތް ބަރުބާދުވުން ވަރަށް ގާތެވެ.
One Response
މިފަހަކަށް އައިސް ބައިނަލް އަގްވާމީ މީޑިއާއިން ފެންނަމުންދާ ބައެއް ލިއުން ތަކަށް ބަލާއިރު ނޫކުލައާއި ރީދޫކުލަ އެކުވެފައިވާ ދިދަ ރަމްޒުކޮށްދޭ ގައުމުތައް ބައިވެރިވެގެން އިސްލާމީ ގައުމުތަކަށް ގެނެސްދީފައިވަނީ މީގެކުރިން އިންސާނިއްޔަތު ދެކިފައިނުވާފަދަ އަނިވެރިކަމާއި ފަނާކުރުމެވެ. ދިވެހިރާއްޖޭގައި މި ދެ ދިދަ އެކުލެވިގެން ސަރުކާރެއް އުފެއިއްޖެނަމަ ރައްޔިތުންނަށް ލިބިގެންދާނީ ކޮންފަދަ އަމާން އަދި ތަނަވަސް ދިރިއުޅުމެއްތޯ ނުވަތަ ނާމާން އަދި ނުތަނަވަސް ދިރިއުޅުމެއްތޯ ބުނާކަށް ނޭންގެއެވެ. އެކަމަކު ނޫކުލައާއި ރީދޫކުލައިގެ ދިދައަށް ނިސްބަތްކުރެވޭ މީހުންނަކީ ބިލާހަށް އީމާންވުމުގެ އާދަ އެމީހުންގެ ކަށީގައި ހިފާފައިވާ ބައެކެވެ.