ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގެންފިއެވެ.
ފޮރިންގް މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރުގެ ދަޢުވަތަކަށް އިންޑިއާގެ ނިއުދިއްލީއަށް ކުރައްވަވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އަދި 12 ދުވަހުކަމަށް ބުނެފައިވެއެވެ. ޝާހިދުގެ ދަތުރުފުޅުގެ ކުރީން ކުރީގެ ރައީސް ނަޝީދުވެސް ވަނީ އިންޑިޔާއަށް ވަޑައިގެން އިންޑިޔާގެ އޮފިޝަލުންނާއި ބައްދަލު ކުރައްވާފައެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ތަރުތީބު ކުރެވިފައެވެ.
މި ބައްދަލުކުރެއްވުން ތަކުގައި، ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި، ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެވަޒީރުން މަޝްވަރާކުރައްވާނެއެވެ. އަދި ސެޕްޓެމްބަރ 9 ގައި ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރަށްވާނެ ކަމަށް ނުރަސްމީކޮށް ޚަބަރު ލިބިފައިވެއެވެ.
2018ގެ ރިޔާސީ އިލެކްޝަންވެސް އެމްޑީޕީ އަށް ކާމިޔާބު ކުރައްވާފައިވަނީ އިންޑިޔާއިން ހުޅުވައިދެއްވި ކުޑަ ވިންޑޯއަކުން ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
މިދަތުރުފުޅުގައި ޝާހިދު އިންޑިއާ ސަރުކާރުގެ އެހެން އިސް ބޭފުޅުންނާވެސް ބައްދަލު ކުރައްވާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް އިޖްތިމާޢީ އިޤްތިޞާދީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ދިނުމާގުޅޭ މުހިންމު އެއްބަސްވުން ތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފާވެއެވެ.
One Response
ތިދާނީ ވިންޑޯ ހުޅުވަންވެގެން. އެހެނަސް ކުރިން 2018 ގައި އެކަން ކޮށްދިނީ އަންނިއަށްކަށްނު؟ މިފަހަރު އަންނިޔާއި އިބޫގެ ތެޅުމުގައި ޝާހިދު ގޮސްގެން ކިހިނެއްބާ ވާނީ! އެންމެފަހުން އަންނިއާއި އިބޫ މޯދީ އޮފީހަށްގެންގޮސް ދެމީހުންގެ ދެކަންފަތުގައި ހިފާފަ ބުނާނީ ތި ދެމީހުން މާ ފޫނުހާކާ އެކުގައި ގުޅިގެން ޔާމީނު ބަލިކުރަން ކަމަރު ބަނުމަށެވެ. ދެން ތި ދެމީހުންވެސް ޖެހޭނީ ބަސް އަހާށެވެ. އެހެނީ ކުރިން ޔާމީނުގެ ވެރިކަން ދުއްވާލަން މޯދީ އެނހީވެ ދިންއިރު ހާދަ ސަކަރާތެއް އޮންނާނީ އެކުގައި ޖެހިފައެވެ. އަންނި އެބުނާ ”ކޮމްޕްރަމައިސް“ ވާކަހަލަ ވީޑީއޯ އާއި ފޮޓޯވެސް ހުރެދާނެކަމަށް ބެލެވެއެވެ. ދެން ވާގޮތެއް ބަލަމާ ހިނގާ ދޯ؟