އެމެރިކާގެ ފެޑެރަލް ޖަޖެއް ނެރުއްވި އަމުރާއެކު ބައިޑަން ސަރުކާރުގެ އިސްވެރިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރަށް ހުރަސްއަޅައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ފެޑެރަލް ޖަޖެއް އަންގާރަދުވަހު ނެރުއްވި އަމުރަކާއެކު ބައިޑެން ސަރުކާރުގެ އިސްވެރިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު މަދުކޮށް، ގިން މައުޟޫއުތަކަށް އެކި ވިއުގަތަކުގައި ފާޅުގައި ވާހަކަދެއްކުން ހުއްޓުވައި، ހުރަސްއަޅައިފިއެވެ.

މި އަމުރަކީ އެމެރިކާގެ ރިޕަބްލިކަން ބައިގަނޑަށް ލިބުނު މޮޅެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ފޭސްބުކް، ޓްވިޓާ އަދި ޔޫޓިއުބްފަދަ ސޯޝަލް މީޑިއާ ސައިޓުތަކުގައި ކޯވިޑް ވެކްސިނާ ދެކޮޅަށް ޝާއިއުކޮށްފައި ހުންނަ މައުލޫމާތު ނުހައްގުން، ސަރުކާރާއި އެއްބައިވުމުގެ ގޮތުން އެސައިޓުތަކުން ފުހެލާފައިވާކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

ކޯވިޑް-19 ގެ އާލަމީ ވަބާ ފެތުރުނު ދުވަސްވަރު އެ ވައިރަހާއި ހަނގުރާމަކުރުމަށް އުފެއްދި ވެކްސިން ނުޖެހުމަށް ގޮވައިލައި، ވެކްސިންޖެހުމުން ބަލިން ރައްކާތެރިވުމަށް އަޅައިދޭ ބާރާމެދު ސުވާލު އުފައްދައި، މުޖުތަމަޢުއަށް ނޭދެވޭ މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެތައް ގައުމުތަކެއްގެ ސަރުކާރުން ގުޅިގެން މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

”މައްސަލަ ހުށައެޅި ފަރާތުން ކުރާ ދައުވާއަކީ އަސާސެއް ހުރި ދައުވާތަކެއްނަމަ، މި މައްސަލަ ވެގެންދާނީ އެމެރިކާގެ ތާރީޚުގައި ވެސް ބަސްބުނުމުގެ އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމުގެ އެންމެ ބޮޑެތި ދައުވާތައް ހިމެނޭ މައްސަލައަށް.“ މައްސަލަ ބެއްލެވި ގާޒީގެ ނިންމުމުގައި ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް