މާލެއިން ގޯތި ދޫކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތީ ޑރ.މުޢިއްޒަށް އެކަނި: ނަޝީދު

Loading

Facebook
Twitter
WhatsApp

މާލެއިން ގޯތި ދޫކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތީ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒަށް އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ރޭ ބޭއްވި  ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޣިޔާޘުއްސީން ސުކޫލުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ތިބި އެންމެ ނިކަމެތި ރައްޔިތުންގެ ގިނަ ބަޔަކީ މާލޭ ރަށްވެހިން ކަމަށާއި އެ ރަށްވެހިންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބިފައިނުވާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް ދައުރު ނިމެންދާއިރު އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެއްވެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5000 ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާނުކޮށްފައެވެ. އެކަމަށް އިޝާރަތް ކުރައްވަމުން ނަޝީދު ވިދާޅުވީ އެކަން ކުރުމުގެ ގާނޫނީ ހައިސިއްޔަތު ސަރުކާރަކަށް ނޯންނާނެ ކަމަށެވެ.

 “އަޅުގަނޑުމެން މިރޭ ހިތްހަމަޖެހުނަސް ނުޖެހުނަސް މާލޭގެ މޭޔަރު މުޢިއްޒު ނޫން ބޭފުޅަކު މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް.“ 

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ބިމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ހައުސިންގ މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް ކަމަށް ބައެއް ގާނޫނީ ބޭފުޅުން ވެސް ދަނީ ވިދާޅުވަމުންނެވެ.

ބިމާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތް ކުރުމަށް އެ ގާނޫނުގެ 4 ވަނަ މާއްދާއާއި 3 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރާނީ މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް ޝާއިއުކުރާ އުސޫލުތަކާއި ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް