މަރުވިއިރު އެތައް މިލިއަން ޑޮލަރުގެ މުދަލުގެ ވާރުތަވެރީންނަކީ އޭނާ ގެންގުޅުނު ހަތް ބުޅާ!

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅުނު ނޭންސީ ސައުއާގެ ފިރިމީހާއާއި ފިރިހެން ދަރިފުޅު މަރުވުމަށްފަހު އޭނާގެ އާއިލާއަކީ އޭނާ ގެންގުޅުނު ހަތް ޕާރސިއަން ބުޅަލެވެ. އެހެންކަމުން، މިދިޔަ ނޮވެންބަރު މަހުގައި އުމުރުން 84 އަހަރުގައި ނޭންސީ މަރުވިއިރު، އޭނާގެ 2.5 މިލިއަން ޑޮލަރުގެ ގެއާއި އެހެނިހެން މުދަލުގެ ވާރުތަވެރީންގެ ގޮތުގައި ވަސިއްޔަތްކޮށް ހަމަޖައްސާފައިވަނީ އޭނާ ގެންގުޅުނު ބުޅާތަކަށެވެ.

ނޭންސީގެ ވަސިއްޔަތުގައިވަނީ އޭނާ މަރުވުމަށްފަހުވެސް އޭނާގެ ހަތް ބުޅާކަމުގައިވާ، ކްލިއޯޕެޓްރާ، ގޯލްޑްފިންގާ، ލިއޯ، މިޑްނައިޓް، ނަޕޯލިއަން، ސްނޯބޯލް އަދި ސްކުއީކީ ދިރިއުޅޭނީ ޓޭމްޕާގައި ހުންނަ އޭނާގެ ގޭގައިކަމަށާއި، ބުޅާތައް ވަކިކޮށްފިނަމަ އެތަކެތި ހިތުގައި ޖެހިދާނެކަމަށެވެ.

”އެންމެ ފަހު ބުޅާ މަރުވުމުން ނޫނީ އެ ގެ ވިއްކާލައިގެން ނުވާނެކަމަށް ވަސިއްޔަތުގައިވަނީ.“ ނޭންސީގެ ރަހުމަތްތެރިއެއްކަމަށްވާ ޔާނާ އަލްބާން އާއި ހަވާލާދީ ޓޭމްޕާ ބޭ ޓައިމްސްގައި ލިޔެފައިވެއެވެ. ”އޭނާ ވަރަށް ލޯބިވި އެ ބުޅާތައް ދެކެ.“ ޔާނާ ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް