ޓެެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށްވެރިންގެ ފައިގައި އަލުން އެންކަލް ބްރެސްލެޓް (ޓެގު) އަަޅުވަން ފަށައިފިއެވެ.
ރޭގެވަގުތެއްގައި ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިނާއީ އަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ގާބިލުކަން ފުލުހުންގެ ކިބާގައި ގާއިމުކޮށް ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގު) ބޭނުންކުރަން އިއްޔެ ފަށާފައިވާ ކަމަށެވެ. އަދި ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމަލެއްނުވާނެ ކަަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު މި ނިޒާމު މިއަދު ބޭނުން ކުރެވެނީ މައިގަނޑު ގޮތެއްގައި ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންކަމަށް ވިޔަސް ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި ‘މޮނިކޮން’ ބޭނުންކުރެވޭނެ އިތުރު އިޖުރާއާތްތައް ތައާރަފުކޮށް ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުން ކަމަށެވެ.
ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންގެ ފައިގައި ކުރިން ވެސް ޓެގް އަޅުވާފައިވެއެވެ. އިއްޔެ އަލުން ޓެގު އަޅުވަން ފަށާފައިވާއިރު, ފުރަތަމަ ޓެގް އަޅުވާފައިވަނީ އަޙްމަދު ރިޟްވާނާއި ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ އަޙްމަދު އިސްމާޢީލް (އަހަނދު) ގެ ފައިގައެވެ.
2 Responses
Kuhverin dhookoffai thibey sababeh ehgothakah ves neygey.
މިހާރު ދެންކީއްވެ ކުއްލިޔަކަށް ޓެގް އަޅުވަން ތިފެށްޓީއަކީ. މިހާރު މަސްުތުވަނީ އޯޕަންކޮސް މަގުމަތީގައި. ކަންކަން މަތީގައި އޮފީސް އޮފީހުގައި. މަޖިލިސްގައިވެސް. މިހާރު އެބޮޮއިގެން ނުވަތަ ރާބޯއިގެން ބަންދުކޮށްގެން ގެންގުޅުމެއްވެސް ނެތެއްނޫންތޯއެވެ. ރޭޕްކުރިޔަސް ރިއެކްޓެއް ނުކުރައްވަމެއް ނޫންތޯއެވެ. ހުރިހާކަމެއް މިވަނީ އޭރަށްވުރެ 100 ދަރަޖައަށް ޖަހައިފައެވެ.