ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޢީދަށް ދިއްލާލަނީ

Loading

Facebook
Twitter
WhatsApp

ބޮޑުޢީދަށް ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ބޮޑު ޢީދަށް މާލޭގެ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގާއި އަދި ބޮޑެތި އެހެން މަގުތަކާއި އަދި ވިލިމާލެ ހިމެނޭ ގޮތަށް ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބޮޑު އީދަށް މާލޭ ސިޓީ ކައުންސިލުން މަގުތައް ޒީނަތްތެރިކޮށް ކުލަގަދަކޮށް އީދު ފާހަގަ ކުރުން ވެގެންދާނީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ހިންގޭ މިފަދަފުރަތަމަ އިވެންޓަށެވެ.

މާލޭ ސިޓީ ކައުންސިލުން އަންނަނީ މި 5 އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް މީގެކުރިންވަނީ ބުނެފައެވެ.

މިގޮތުން ބޮޑުތަކުރުފާނު ޒީނަތްތެރިކުރުމުގެ ގޮތުން އިންދާފައިވާ ކަދުރު ރުށްތައް ފާހަކޮށްލެވެއެވެ. ރޭގަނޑުގައި ކުލަބޮކިތަކުން އެރުއްތައް ދިއްލާލާފަ ހުންނައިރު ވަރަށް ޗާލޭ ނުބުނެ ނިންމާލެވެން ނެތީއެވެ. ގިނަމީހުން ބުނާގޮތުން ޙާދަ ޗާލޭ!

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް