ވެރިކަން ހިންގަމުން ދަނީ ގޭންގަކުން ކަމަށް ރައްޔިތުން ތުހުމަތުކުރޭ

Loading

Facebook
Twitter
WhatsApp

ގަސް މަރުވާނީ މުލާއެކު ގަސް ނެގީމައެވެ. މޫތަކާއެކު ގަސް ނުނަގައި އޮފި ބުރިކުރިޔަސް ގަސް މަރެއް ނުވާނެއެވެ.

މިސަރުކާރުގެ ތެރެއިން ޙިމާޔަތް ލިބިގެން މަސަތުވާތަކެތީގެ ވިޔާރި ފުޅުާދާއިރާއެއްގައި ހިންގަނީ ގޭންގްތަކުން ކަމަށް އެއްބަޔަކު ތުހުމަތު ކުރާއިރު ޕޮލިހުންނަށް ގޭންގް ކުށްތަށް ހުއްޓުވުމަށް ވަނީ ހުރަސްތަކެއް ކުރިމަތި ވެފައެވެ.

މިފަދަ ކުޑަ ގައުމެއްގެ ތެރޭގައި ކިޑްނެޕްކުރުން ވެސް މިވަނީ ފެށިފައެވެ. ހަމަ މިގޮތަށް ވައްކަން ކުރުން އާންމުވެފައިވާއިރު ގޭންތަކާ ގުޅިފައިވާ ފަރާތްތަކުން މިފަދަ މައްސަލަތައް ބަލަން ގާނޫތަކުން މަތިކޮށްފައި ފަރާތްތަކަށް ބިރުދައްކަމުންދާ ކަމަށް ތުހުމަތު ކުރާމީހުން ވެސް މަދެއް ނޫނެވެ.

މިގައުމު މިދަނީ ދުވަހެއް ދުވަހެއް ބިރުވެރި ނާމާންކަމުގެ ތެރެއަށް ގެނބެމުންނެވެ. މުޅިރަށުގައި ކެމެރާ ހަރުކުރެވިފައިވާއިރު އިންސާނުން ވަގަށް ނަގައި ގެއްލުވައިލަމުންނެވެ. ނަމަވެސް އެކަންކަން ކުރާ ފާތްތައް ހޯދުމުގައި ނުކުޅެދިފައިވާކަމީ މުޢުޖިޒާތެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

ރާއްޖޭގެ ޢިލްމުވެރި މުޞައްނިފެއްކަމުގައިވާ އައްޝައިޚު ޙުސައިން ޞަލާޙުއްދީން ވިދާޅުވެފައެވެ. ”ވެރިން ރަނގަޅިއްޔާ ނޫނީ ރައްޔިތުން ރަނގަޅެއް ނުވާނެއެވެ.“

މިފަދަ އަމާން ކޮށް އޮތް މިނިވަން ގައުމުގައި މިހާރު މަގުމައްޗަށް ނުކުތުމަށް އެވަނީ ޖެހިލުންވާ ހިސާބުގައެވެ. މަގުމަތިން ނުހަނު ހާމަކަމާއެކު ބިރެއް ސިހުމެއްނެތި ވަޅިޖެހުން އާންމުވެފައި ވާއިރު ގައުމުގެ އިސްތިގުލާލު ވެސް އެދަނީ ގެއްލެމުންނެވެ.

ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ތަފާތު ޚިޔާލާއި ތަފާތު ވިސްނުން ގެންގުޅޭ ރަށެކެވެ. އެހެންކަމުން ރާއްޖޭގެ އެކި ރަށްރަށުން މާލެ ސަރަހައްދަށް ހިޖުރަކުރާ މީހުން ގިނަވެ މަސްހުނިވުމުގެ ސަބަބުން އުފެދޭ ނާމާންކަން ވެސް ދަނީ ބޮޑުވަމުންނެވެ.

އިންސާނުން ކަތިލުމާއި ރާއްޖޭގައި ބޮން ގޮއްވަން ފެށިފައިވާއިރު މިފަދަ އަޑުތަކަކީ މިގައުމުގެ ރައްޔިތުންނަށް މި ރާއްޖެއިން މީގެކުރިން އިވޭ އަޑުތަކެއް ނޫނެވެ. އެހެނަސް މިފަދަ ކަންކަން ދަނީ އާލާވަމުންނެވެ.

ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަކީ ރައްޔިތުންގެ ލޮލުގައި އަޅުވާފައިވާ އަނދުނެކެވެ. އެގާނޫނު އަސާސީ ތަންފީޒެއް ނުވެއެވެ. ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ގާނޫނު އަސާސީއާއި ގާނޫނުތައް ތަންފީޒުކުރާ ފަރާތްތައް ވަނީ ކިޑްނެޕްވެފައެވެ. ތަންފީޒީ އިދާރާތައް ވަނީ ކިޑުނެޕްގެ އިތުރުން ރިޝްވަތުގެ މަޅީގައި ޖެހިފައިކަމަށް ވެސް ރައްޔިތުން ތުހުމަތު ކުރެއެވެ.

އަނެއްކޮޅުން އައި އެސްއެސް ޖަމާޢަތުގެ ފުލް މިޝަންތައް އުފެދި އެފިކުރު ރާއްޖޭގައި ފެތުރެމުން އަންނަނީ ނުރައްކާތެރިކަމާއި ހަލުއިކަމާއެކުގައެވެ. މި ހުރިހާކަމަކީވެސް ސަރުކާރުގެ ކަމާބެހޭ ފަރާރްތަކަށް ނުހަނު ސާފުކޮށް އެނގޭ ކަންކަމެވެ. 

މިބައިމީހުން ގިނަވެ ސަރުކާރާ ދެކޮޅަށް ނުކުމެދާނެކަމުގެ ބިރު އޮތް ހިނދު އަޅާނުލައި އެ ފިކުރު އާލާވާން ދޫކޮށްލައިގެން ތިބުމަކީ ރާއްޖޭގައި ގަތުލު އާންމެއް ކުރިމަތި ވެދާނެ ސަބަބެއް ކަމަށް ވެސް ބެލެވެއެވެ.

Loading

2 Responses

  1. ހުސް ދޮގު. ރައްޔިތުންގެ ބޮލުގައި އަޅުވައިގެން ތި އުޅެނީ. ވެރިކަން ބޭނުންވެގެން ސަރުކާރު ބަދުނާމުކުރަން އުޅޭ މަދު ބަޔަކީ ރައްޔިތުންނެކޭ ނުކިޔޭނެ. މެޖޯރިޓީ ރައްޔިތުން ޤަބޫލެއް ނުކުރޭ އިދިކޮޅޭމެން ހާވާ ހަޑިއެއް.

  2. ތިނޫން ސަރުކާރެއް އަތުވެއްޖެތަ މައުމޫނަށްފަހު؟ އޭނަ ވެރިކަން ދެމެހެއްޓުމަށް ފުލުސްކޯޓް ބެނުންކުރި ނަމަވެސް ގޭންގް އުސޫލުން ކަންތަކެއް ނުކުރެއެވެ. އަދި މިހާރުގެ ޑިމޮކްރެސީގެ ދަށުން ހިންގާކަހަލަ ގުޅިގެން ދައުލަތުން ވައްކަން ކުރުމުގެ ގޭންގު އުސޫލުން ކަންތަކެއް ނުކުރެވެ. މިގެންވުނު ޑިމޮކްރެސީއަކީ ހަމަ ބިލަހެކެެވެ. އަދި ވަރަށް ބޮޑު ގެއްލުމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް