ގަވާއިދާ ޚިލާފަށް އުޅޭ 44 ބިދޭސީއަކު ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 44 ބިދޭސީއަކު ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް އިމިގުރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގުރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި 10 އޮޮޕަރޭޝަނެއްގައި 44 ބިދޭސީއަކު ހޯދައި ހުޅުމާލޭ ޑިޓެންޝަނަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުން އެ ސެންޓަރުގައި ބައިތިއްބާފައިވަނީ އަނބުރާ ގައުމަށް ފޮނުވެންދެން ކަމަށް އިމިގުރޭޝަނުން ބުންޏެވެ.

އެހެން ނަމަވެސް ގައުމަށް ފޮނުވައިލެވޭނެ ވަކި ތާރީޚެއް ނުބުނެއެވެ.

އިމިގުރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދައި އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަމުން އަންނަ ކަމަށާއި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދައި އެމީހުންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. އެހެންކަމުން ހުރިހާ ބިދޭސީން ވެސް ވޯކް ޕާމިޓް ހިފައިގެން އުޅުމަށް އިމިގުރޭޝަނުން ވަނީ އެދިފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނަނީ އިމިގުރޭޝަނާއި ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެންނެވެ. 

މެދުކެނޑުމަކަށްފަހު މި މަސައްކަތް އަލުން ފެށީ މި މަހުގެ 07 ވަނަ ދުވަހުއެވެ.

ރާއްޖޭގައު އުޅޭ 75000 އެއްހައި ބިދޭސީން އުޅެނީ ކާކުކަން ނޭނގޭ ގޮތަށް ކަމަށާއި އެ މީހުންގެ މައްސަލަ ހައްލުކުރުމަށް އޮތް މަަގަކީ އެ މީހުން ފޮނުވައިލުން ކަމަށް ދެކޭނަމަ އެއީ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ނޫންކަމަށް މީގެކުރިން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވާ ގޮތުން ގަވާއިދާ ޚިލާފަށް އުޅޭ މީހުން ގަވާއިދުގެ ތެރެއަށް ފައްތަން ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭންޖެހެއެވެ. އެކަން ނުކޮށްފިނަމަ ރާއްޖޭގެ ހަމަޖެހުމާއި ކުރިއެރުމަށް ދަތިވާނެކަމަށް ނަޝީދު ގަބޫލުކުރައްވައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް