ބަޔަކު ރަހީނުކުރުން: ހައްޔަރުކުރި ކުއްޖާ އާއިލާއާ ހަވާލުކޮށް, ދެން ހުރި މީހާގެ ބަންދަށް 15 ދުވަސް

Loading

Facebook
Twitter
WhatsApp

މާލެ ސިޓީގެ ގެއެއްގައި ބަޔަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ދިވެހި ތިން ފިރިހެނަކު ރަހީނުކޮށްފައި ތިއްބައި, ފުލުހުން އެ ގެއަށް ގޮސް ބާރުގެ ބޭނުންކޮށްގެން ގެއަށް ވަދެ އެ މީހުން ސަލާމަތްކޮށްދިނީ އިއްޔެގައެވެ.

އެ މީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ހައްޔަރުކުރީ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން މިއަދު ބުނީ ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް