ރިޝްވަތާއި ފަސާދަ މެކުހަށް 

Loading

Facebook
Twitter
WhatsApp

ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއަކީ މުސްލިމް ގައުމެކޭ ބުނެވޭ ވަރަށްވުރެ ހަރާމް ކަންކަން އިތުރުވެގެންދިޔަ 3 އަހަރު ކަމަށް ރައްޔިތުން އެ ދަނީ ބުނަމުންނެވެ. ނިމިދިޔަ ވެރިކަމަށްވުރެ ދެގުނަ އިތުރަށް މި ވެރިކަމުގައި ވައްކަމާއި ރިޝްވަތާއި ފަސާދަ އާންމު ކޮށްފި ކަމަށެވެ. އެންމެ މަތިން ފެށިގެން އެންމެ ތިރިއާ ހަމައަށް މިބަލި އާންމުވެ ފެތުރިފައިވާ ކަމަށެވެ.

ުކަން މިހެން އޮތުމާއެކު މިފަދަ މައްސަލަތައް ބައްލަވާނެ ގާނޫނީ އެއްވެސް ޝަޚުސެއް ރިޝްވަތުގައި އަތް ނުލައްވައި ނެތް ކަމަށް އެއްބަޔަކު ދެކޭ އިރު އަނެއްބައި މީހުން ދެކެނީ އެއީ ހުއްދަ ކަމެއްގެ ގޮތުގައެވެ.

މީގެ އިތުރުން ވެސް ވަނީ ގައުމުގެ ކަރާތަށް އަރައިގެންފައެވެ.

އެ ގޮތުން ރާއްޖޭގައި ސެކްސް ގުރޫޕުތައް ހެދުމާއި، ރާައްޖޭގެ އީ.އީ.ޒެޑަށް ބޭއިހުތިރާމް ކުރުމާއި، ރާއްޖޭގެ ބައިތުލްމާލު ރޭޕް ކުރުމާއި، ބޭރުގެ މިލިޓަރީ ޕްރިސަންސަށް ބާރު ދިނުމާއި  ޚުދުމުޚުތާރު ސިޔާސަތު އިސްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިދާނެ ކަމުގެ ބިރުހީވުމާއި، ރައްޔިތުންނަށް އެގެން ލާޒިމުވާ ބައެއް މުހިންމު އެތައް ކަމެއް ސިއްރު ކުރުމަކީ ސިޔާސަތެއް ކަމަށް ހަދައިފިއެވެ.

މީގެ އިތުރުން ގައުމުގެ މުސްތަގުބަލުގެ އިންޓެލިޖެންޝުއަލް/އެސެޓްސް އިން ވެސް އެ ވަނީ ވައްކަން ކުރަން ފަށާފައެވެ.

މިފަދަ ބިރުވެރި އެތަކެއް ކާރިސާތައް ހިންގަމުން އަންނައިރު ދެޖިންސުގެ ޒުވާނުންގެ މެދުގައި ފޯން ސެކްސް ގުރޫޕްތަކުގެ ޒަރީޢާއިން ޖިންސީ ގުޅުން ހިންގަމުންދާއިރު ރަސްގެފާނު އިންނަވަނީ މަތިގޭގައި ކުޅިވަރު ބައްލަވާށެވެ.

ވައްކަން ކުރާމީހުން ވައްކަން ކުރަނީއެވެ. ރިޝްވަތު ނަންގަވާ ބޭފުޅުން ރިޝްވަތު ނަންގަވަނީެއެވެ. ބޭރުގެ ފަރާތްތަކަށް ގައުމުގެ ގިނަކަންކަން ދީގެން ބޮނޑި ބޮޑުކުރާ ބަޔަކު ވެސް އުޅެއެވެ.

ވައްކަން ކުރުމަކީ ހުއްދަކަމެއްކަމަށް ގަބޫލު ކުރެވޭ މިންވަރަށް ވައްކަން އެވަނީ އިތުރުވެފައެވެ. ދެން އެވިދާޅުވަނީ ގައުމަށް އިސްލާހީ ބަދަލުތަކެއްއައި ވާހަކައެއް ނޫން ހެއްޔެވެ. އެއީ އެ ވިދާޅުވާ ހެޔޮބަދަލު ކަމަށް ތިބޭފުޅުން ދެކެލައްވަން ތޯއެވެ.

ރާއްޖޭގައި ޕާޓީ ސިސްޓަމް އުފެއްދައި ވެރިކަން ކުރާ ނިޒާމެއް ގާއިމު ކުރި ނަމަވެސް ވެރިކަން ކުރައްވަނީ ބަރުލަމާނީ ސިސްޓަމަކުންނެވެ. ރިޔާސީ ނިޒާމުގައި ކޯލިޝަން ހެދުމަކީ އޮންނަ ގޮތް ކަމަށް ނުވި ނަމަވެސް ވެރިކަން ހިނގަނީވެސް ބަރުލަމާނީ ކޮށެވެ.

Loading

One Response

  1. އާދޭހާއި އެކު ދަންނަވަން ޖެހެނީ މިޤައުމު އަޅުވެތިކަމުން ސަލާމަތް ކޮށްދިނުމަށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް