މަގާމު ދިފާއު ކުރެއްވުމަށްޓަކައި ނަޝީދާއި އީވާ މަޖިލިސް “ހައިޖެކްކޮށްފި“ : ރޮޒައިނާ

Loading

June 13, 2023
profile
Facebook
Twitter
WhatsApp

މަގާމު ދިފާއު ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ މަޖިލިސް “ހައިޖެކްކޮށްފި“ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އީވާ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް, ރިޔާސަތު ބަލަހައްޓަވަން ނަޝީދު ދެކޮޅު ހައްދަވާތީ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އެކަމާ ގުޅިގެން ފާޑުވިދާޅުވެ ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ވެސް އިސްތިއުފާ ނުދެއްވި ކަމަށެވެ. އަދި މަގާމު ދިފާއު ކުރެއްވުމަށް އެންމެ ފަހުން މަޖިލިސް “ހައިޖެކްކޮށްފި“ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

“އިތުބާރު ނެތް ރައީސަކާއި ނައިބު ރައީސެއް މަގާމުގައި ބަގުޑި ބައްދައިގެން މަޖިލިސް ހައިޖެކްކޮށްފި. އިސްތިއުފާއެއް ނުދެއްވާ. އެކަމަކު ރިޔާސަތަށް އަރަން އުޒުރުވެރިވޭ.“

ނަމަވެސް މުސާރަ ނަންގަވާކަށް, އިނާޔަތް ބޭނުންކުރައްވާކަށް އުޒުރުވެރިއެއް ނުވާކަމަށް ވިދާޅުވެ ރޮޒައިނާ ފާޑުވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާއިރު ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށްވީ ނަމަވެސް މިއަދުގެ ޖަލްސާއަށް ނަޝީދު ހާޒިރުވެވަޑައިގެންފައި ނުވާތީ އަމީންއާންމު ފާޠިމަތު ނިއުޝާ ވަނީ ރިޔާސަތު ބެލެހެއްޓުމާމެދު ގޮތެއް ކަނޑަނޭޅެނީސް ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އިއުލާނު ކުރައްވައިފައެވެ.

މިކަމާ ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން މަޖިލީހުގެ ރައީސަށް ވަކި ޒިންމާއެއް މަތިކުރުމުން އަމިއްލައަށް އެކަމަށް އިއުތިރާޒެއް ނުކުރެއްވޭނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފުވެވަޑައިގަތުން ކަމަށެވެ. އަދި އެއީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ވެސް ޝިފާޢު ވިދާޅުވިއެވެ.

ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ބާއްވާ މަޖިލިސްގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާނެ ބޭފުޅަކު އައްޔަން ނުކުރުމަކީ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުން އެއްކިބާވުން ކަމަށެވެ.

ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓުން އެއްކިބާވުމަށް އަމިއްލައަށް އިސްތިއުފާދިނުން.“ އޭނާ ވިދާޅުވިއެވެ.

Loading

One Response

  1. ނަޝީދުގެ ފަސްބައިގައި އެލިގެން މެމްބަރުކަމަށް އާދެވުނު އަަނގަހަޑި މީހެއް މިއީ. ވަރަށް ދެރަވަރު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް