ތުރުކީގެ ކުދިން ކީރިތި ޤުރުއާނަށް އަހުލުވެރި ކުރުވުމަށްޓަކައި ޕްރޮގްރާމެއް ފެށުމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މީގެ ދިހަ އަހަރުކުރިން އެގައުމުގެ ދީނީ ކަންކަމާއި ބެހޭ ވުޒާރާއާއި އޭރު ހަވާލުވެ ހުންނެވި ވަޒީރަށް އަންގަވާފައެވެ.
އޮޓޮމަން އެމްޕަޔަރ ވެއްޓުމަށްފަހު ވެރިކަމާއި ހަވާލުވި ސެކިއުލާ ވެރިޔާ ކަމާލް އަތާރތުކް ވަނީ ތުރުކީގައި ޤުރުއާނާއި ދީން ކިޔަވާދިނުން މަނާކޮށްފައެވެ. އެހެންކަމުން، 2003 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމާއެކު އުރުދުޣާންވަނީ އެ ގައުމުގެ މީހުންނަށް މަޑުމަޑުން ޤުރުއާން ކިޔަވައިދިނުމާއި އިސްލާމްދީން ދަސްކޮށްދިނުމުގެ މަސައްކަތް ފަށްޓަވާފައެވެ.
ގަދަކަމުން އިސްލާމްދީނަށް ވެއްދުމެއް ނުވާކަމަށް އުރުދުޣާން ގަބޫލުފުޅުކުރައްވާއިރު، އޭނާ ދެކޭގޮތުގައި އިސްލާމްދީނަށް ގޮވާލަން އޮންނަ ހަމައެކަނި ގޮތަކީ މުސްލިމުން އެ ދީނުގެ ރިވެތިކަމުގެ މިސާލު ދައްކައިދީ، އިސްލާމީ އޮޓޮމަން ވެރިކަމުގެ ތާރީޚު ކިޔަވައިދީ އުނގަންނައިދީގެންނެވެ.
އޭނާ ޤުރުއާން ދަސްކޮށްދިނުމަށް ފަށައިގަތް މަސައްކަތަކީ އުމުރުން ހަތަރު އަހަރާއި ހަ އަހަރާއި ދެމެދުގެ ކުޑަކުދިން ބައިވެރިކޮށްގެން ޤުރުއާން އުނގަންނައިދިނުމަށް ހިންގި ޕްރޮގްރާމެކެވެ. އަދި މި މަސައްކަތް ފެއްޓެވިތާ 10 އަހަރު ފާއިތުވެފައިވާއިރު، މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ކުދީން މި ކޯހުގައި ދަރިވަރުވެފައިވެއެވެ.
One Response
ހަމަތެދެކެވެ. އިސްލާމުނަން މިހާރަކު ރައީސް އުރުދުޣާން ވަރެއް ނެތެވެ. މާތްﷲ ގެ ހެޔޮރަޙުމަފުޅު އެމަނިކުފާނަށް އަބަދުމެ ލަހަށްޓަވާށިއެވެ. އާމީން!