ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކޮށްފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްކޮށްފައެވެ.

އެގޮތަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަަރުންގެ ތާއީދާއެކުގައެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދު 14:45 އާ ހަމައަށް ގަރާރުގައި 45 މެންބަރުން ސޮއިކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީގެ ޕީޖީގެ ބަހެއް އަދި ލިބިފައިނުވާތީ ގަރާރުގައި ސޮއިކުރައްވާފައިވަނީ ކޮން މެންބަރުންނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ މައްސަލަ ހުށަހަޅާނީ މަދުވެގެން 44 މެންބަރުންގެ ސޮޔާއެކު ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިންނަމަ މަދުވެގެން 22 މެންބަރުންގެ ސޮޔެވެ.

އެ މައްސަލަ މަޖިލީހުން ފާސްވާނީ ޖަލްސާއަށް ވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް