އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރައިލި މައްސަލައިގައި ހައްޔަރުކުރި ކޮއްކޮ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މެއި 31 ވަނަ ދުވަހުގެރޭގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ މަރަދޫފޭދޫ/ބްލޫސްޓާރ އަޙްމަދު ޝުޢައިބު (27 އ) އަށް ހަމަލާދިނީ
އޭނާގެ ކޮއްކޮ މަރަދޫފޭދޫ/ބްލޫސްޓާރ ޙުސައިން މަވާޒް (25 އ) އެވެ.
މި މާރާމާރީގައި މަވާޒް ވަނީ ޝުއައިބުގެ މެއަށް ކަތުރެއް ހަރާލައިފައެވެ. ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޝުއައިބު ވަނީ މަރުވެފައެވެ.
ޖެހިގެން އައި ދުވަހު މަވާޒް އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން އޭނާ ހައްޔަރުކުރިއެވެ. ފުލުހުން ބުނީ ޝަރީއަތް ނިމެންދެން މަވާޒް ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.