މާރާމާރީއެއް ހުއްޓުވައި އެކަކު ހައްޔަރުކޮށްފި, ބައެއް މީހުން ވަނީ ފިލާފައި

Loading

Facebook
Twitter
WhatsApp

މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ރޭ 23:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައި ވިޒިބިލިޓީ ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.

“މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ވަނީ ފިލާފައި. އެ ތަނުން ދެ މީހަކު ފިލާފައިވަނީ އެ މީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައި. އެ ދެ ސައިކަލު ވަނީ ޓޯ ކޮށްފައި.“

އެ މީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް